ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދާ ހިލާފަށް ހުއްޓުވާފައި ބާއްވައިގެން ލިބޭނެ އަމިއްލަ މަންފާއެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ. އެކަމަކު، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާއަށް ފޮނުވި ނޯޓިސް މިމަހުގެ 11 ވަނަ ދުވަހަށް ހަމަވި ނަމަވެސް އެ ދުވަހަށް އެ މައްސަލަ އެޖެންޑާ ނުކުރާން މަޖިލީހުން ވަނީ ނިންމައިފައެވެ.
އެގޮތަށް ނިންމާފައިވަނީ، މެންބަރުން ޕާޓީ ބަދަލު ކުރުމާ ގުޅިގެން އައި ބަދަލުތައް ކޮމިޓީތަކަށް ނުގެންނާތީ، އެ މައްސަލައިގައި ބަހުސް ކުރާނެ މުއްދަތެއް އާންމު ކޮމިޓީން ނުނިންމާތީ ކަމަށް މަޖިލީހުގެ އަމީން އާންމު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ އާންމު ކޮމެޓީތައް އެކުލަވާނުލެވޭތީ ޖަލްސާތައް ހުއްޓިފައިވާ މައްސަލައާއި ގުޅިގެން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި ގާނޫނާއި ގަވާއިދާ ހިލާފުވެގެން ލިިބިދާނެ އަމިއްލަ މަންފާއެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުގެ ހުދޫދުގެ ތެރެއަށް ހުރިހާ މުވައްސަސާތަކަކުން ވެސް ރުޖޫޢަވެ ގާނޫނުގެ ހުކޫމަތު ރާއްޖޭގައި ގާއިމް ކުރާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކޮމެޓީ ތަކުގެ މައްސަލައިގައި މަޖިލިސް ހުއްޓިފައި އޮތް އޮތުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރެއްގެ ހައިސިއްޔަތުން ތާއިދު ނުކުރަށްވާ ކަމަށެވެ. އެމައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާނެ ކަމަަށް އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާނީ ކިހާވަރަކަށްތޯ އެކަމުގައި އަޅުގަނޑުމެން އިހްތިޖާޖް ކުރާނީތޯ އެކަމުގައި ޕްރޮޓެކްޝަނެއް އޮންނާނެ މިންވަރެއް އަޅުގަނޑުމެން ނިންމަންޖެހޭނެ، ދެން އަޅުގަނޑު ގަބޫލުކުރާގޮތުން ގާނޫނާއި ހިލާފަކަށް، ގަވާއިދާ ހިލާފަކަށް މަޖިލިސް ކުރިއަށް ގެންދެވިގެން ނުވާނެ. ދަތިކަމެއް އުނދަގޫކަމެއް، ދެކެން ބޭނުންވާ މަންޒަރެއް ނޫން، އަޅުގަނޑު އަބަދުވެސް ދެކެން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ހައިބަތާ ގަދަރާ އެއްގޮތްވާ ގޮތުގެ މަތިން އަދި މި މުވައްސަސާއަަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ތެރެއިން އަދި މިމުވައްސަސާއަށް ގާނޫނު ހެދުމަށް ލިބިފައިވާ އެންމެ އިސް ދައުރާ އެއްކޮށް ފުރިހަމައަށް ހިނގާ މުވައްސަސާ އެއްގެ ގޮތަށް މި މުވައްސަސާ އޮތުން." މަޖިލީހުގެ 241 ކޮމެޓީގެ މުގައްރިރުކަމުގެ މަގާމުގައިވެސް ހުންނެވި އަދި މަޖިލީހުގައި ހަތަރު ވަނަ ދައުރު ފުރިހަމަ ކުރަށްވަމުން ގެންދަވާ އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު