ސަޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާނަށް ރަޝިއާގެ ރައީސް ވްލަޑީމިއަރ ޕޫޓިން ފޯނުން ގުޅުއްވަވާ، "އޯޕެކް ޕްލަސް" ގްރޫޕުގައި އޮންނަންވާނެ އެއްބާރުލުމާއި އަދި މިދެގައުމުގެ ދޭދޭ ގުޅުންތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވައިފިއެވެ.
މިކަމާއި ގުޅިގެން ކްރެމްލިނުން (ރޫސީވިލާތުގެ ރިޔާސީ އޮފީހުން) ނެރުނު ނޫސް ބަޔާނެއްގައި އޯޕެކް ޕްލަސް ގްރޫޕުގައި ސަޢޫދީއާއި ރޫސީވިލާތުން އެއްގައުމު އަނެއްގައުމަށް ދެމުންދާ އެއްބާރުލުމަށްވަނީ ތަޢުރީފުކޮށްފައެވެ.
އޯޕެކް ޕްލަސް ގްރޫޕުގައި ހިމެނެނީ އޯޕެކްގެ އަސްލު ތޭރަ މެމްބަރުންނާއި އެޖަމިއްޔާއަށް އެއްބާރުލުންދޭ، ޖަމިއްޔާގެ މެންބަރުކަން ނެތް ދިހަ ގައުމެކެވެ.
ދުނިޔޭގެ ބާޒާރަށް ނެރޭ ސާފުނުކުރާ ތެލުގެ ސާޅީސް އިންސައްތަ އުފައްދަނީ އޯޕެކް ޕްލަސްގެ ގައުމުތަކުންނެވެ. އޯޕެކުން ނިންމާ ކޮންމެ ނިންމުމެއްގެ ސަބަބުން މުޅި ދުނިޔޭގައި ދައުރުވާ ތެލުގެ އަގުތަކަށް އެކި ވަރުގެ އެކި ކަހަލަ ލޮޅުންތައް އަރައިގެން ދެއެވެ.
ވަލީ ޢަހްދު މުޙައްމަދާއި ، ޕޫޓިން މިގުޅުއްވީ ތެޔޮ އުފައްދާ މިންވަރު އަންނަ މަހުން ފެށިގެން މިހާރަށްވުރެ ދަށްކުރަން ސަޢުދީން ތައްޔާރުވަމުން ދަނިކޮށެވެ. އޯޕެކް ޕްލަސް ގްރޫޕުގެ ގައުމުތަކުގައި އަންނަ އަހަރު ތެޔޮ އުފައްދާ މިންވަރު ދަށްކުރުމަށް މީގެ ކުރިން ބައިވެރިންވަނީ ނިންމާފައެވެ. ތެޔޮ އުފައްދާ މިންވަރު ދަށްކުރުމުގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށަށްދިޔަނުދީ އަގުތައް ހިފެހެއްޓުމެވެ.
ސަޢޫދީގެ ނޫސްތަކުންވެސް މިޚަބަރުވަނީ ގެނެސްދީފައެވެ. އެގައުމުގެ ރިޕޯޓުތައް ބުނާ ގޮތުގައި ފޯނުކުރެއްވެވީ ރައީސް ޕޫޓިންއެވެ.
ބެލެވޭ ގޮތުގައި ރައީސް ޕޫޓިން ވަލީ ޢަހްދު މުޙައްމަދަށް ފޯނުމިކުރެއްވީ އޯޕެކް ޕްލަސް ގްރޫޕުން އަންނަ އަހަރު ތެޔޮ އުފެއްދުން ދަށްކުރަން ނިންމާފައިވަނިކޮށް ، އޭގެ މާކުރިން އަންނަ މަހު ސަޢުދީން އުފައްދާ މިންވަރަށް ބަދަލުގެންނަން ތައްޔާރުވަމުންދާތީއެވެ.

ކިޔުންތެރިންގެ ހިޔާލު