ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވައި ޖަރީމާ ހިންގުމަށްފަހު އެކަން ސަރުކާރުގެ ބޮލުގައި ނޭޅުވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެެވެ.
ރޮޒެއިނާ އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވާފައިވަނީ ސަރުކާރުން ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެެވެ. އީވާގެ ވާހަކަ ތަކާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ވިދާޅުވީ އެވަރަށް އޮޅުވާލާ އިތުރުފުޅު ހައްދަވަން ހެޔޮނުވާނެ ކަމަށެވެ.
މަޖިލީހުގެ ކޮމިޓީތައް ހުއްޓުވައިގެން އުޅެނީ ގަވާއިދާ ހިލާފަށް ރައީސް ނަޝީދު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ނަޝީދު އެގޮތަށް އަމަލުކުރައްވަނީ ވެސް އީވާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގިޔަނުދޭން ކަމަށް ރޮޒެއިނާ ތުހުމަތުކުރެއްވި އެވެ.
"ބޭނުން ތިވަނީ މެންބަރުންގެ އިތުބާރު ނެތަސް ގޮނޑީގަ އިންނަން. ތިކަން ސަރުކާރު ބޮލުގައި އަޅުވާނެކަމެއް ނެތް." އެމްޑީޕީގެ އަންހެނުން ރޫޙުގެ ރައީސާ ރޮޒެއިނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ މަޖިލީހުން ކޮމިޓީއަށް ބަދަލެއް ނުގެންނަހާ ހިނދަކު، ކޮމިޓީ އޮންނާނެކަން އަދި ހިނގަންޖެހޭކަން މަޖިލީހުގެ ގަވާއިދު ވަރަށް ސާފުކޮށް ބަޔާންކުރާ ކަމަށެވެ. އެހެން ނަމަވެސް އެކަން ހުއްޓުވައިގެން އުޅެނީ ސީދާ ރައީސް ނަޝީދާއި އީވާ ގުޅިގެން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"ރާވައިގެން ތި ދެބޭފުޅުން ހިންގާ ހުތުރު ޖަރީމާ އެހެން މީހުން ބޮލުގައި ނާޅުވާ." އީވާއަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ، އެމްޑީޕީ ގުޅިގެން މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ރާވައިގެން ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރިކަމެއް ކަމަށް އީވާ ތުހުމަތުކުރެއްވިއެވެ.

މިވަރަށް އޮޅުވާލާ ދޮގުހަދަން ހެޔޮނުވާނެ. އީވާގެ ނޯކޮންފިޑަންސް ނަގަން އޮތީ މާދަން. ކޮމިޓީތައް ހުއްޓުވައިގެން އުޅެނީ އަންނި. އެވެސް ގަވައިދާ ޚިލާފަށް. ތިވޯޓު ނެގުނަނުދޭން. ބޭނުންތިވަނީ މެންބަރުންގެ އިތުބާރުނެތަސް ގޮނޑީގަ އިންނަން. ތިކަންސަރުކާރުބޮލުގަ އަޅުވާނެކަމެއްނެތް. އިންނަވާ! https://t.co/nTVPizb4Jc pic.twitter.com/YBdPwI1IFS
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 8, 2023
"ބޭނުން ތިވަނީ މެންބަރުންގެ އިތުބާރު ނެތަސް ގޮނޑީގަ އިންނަން. ތިކަން ސަރުކާރު ބޮލުގައި އަޅުވާނެކަމެއް ނެތް." އެމްޑީޕީގެ އަންހެނުން ރޫޙުގެ ރައީސާ ރޮޒެއިނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ މަޖިލީހުން ކޮމިޓީއަށް ބަދަލެއް ނުގެންނަހާ ހިނދަކު، ކޮމިޓީ އޮންނާނެކަން އަދި ހިނގަންޖެހޭކަން މަޖިލީހުގެ ގަވާއިދު ވަރަށް ސާފުކޮށް ބަޔާންކުރާ ކަމަށެވެ. އެހެން ނަމަވެސް އެކަން ހުއްޓުވައިގެން އުޅެނީ ސީދާ ރައީސް ނަޝީދާއި އީވާ ގުޅިގެން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"ރާވައިގެން ތި ދެބޭފުޅުން ހިންގާ ހުތުރު ޖަރީމާ އެހެން މީހުން ބޮލުގައި ނާޅުވާ." އީވާއަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ، އެމްޑީޕީ ގުޅިގެން މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ރާވައިގެން ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރިކަމެއް ކަމަށް އީވާ ތުހުމަތުކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު