މަރުވެފައި އޮތްވާ ފެނުނީ ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ މީހެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާ ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނީ އަންގާރަދުވަހުގެ ހަވީރު 5:56 ހާއިރުއެވެ. އެ ހަށިގަނޑު ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް 16 ޓަވަރާއި ދިމާލުން ކަނޑުމަތިންނެވެ.

ފުލުހުން ބުނީ ހަށިގަނޑު ފެނުނީ ކަޅުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓަކާއި، ކަޅުކުލައިގެ ބޫޓަކާއި އެކުކަމަށެވެ. އެއީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ބެލެވޭ ކަމުގައި ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން މިއަދު ބުނީ ފެނުނީ ކާކުކަން މިހާރު ދެނެގަނެވިފައިވާކަމަށެވެ.

"އޭނާއަކީ ސައުދީ ބިންލާދިން ގްރޫޕުގައި ރާއްޖޭގައި މަސައްކަތްކުރާ 34 އަހަރުގެ، ޗައިނާ ރައްޔިތެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ." ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް މިކަންކަން ހިނގަން މެދުވެރި ގޮތަކާއި ގުޅޭގޮތުން ފުލުހުން ވާހަކައެއް ނުދައްކަވައެވެ. އަދި މިކަމާއި ގުޅޭ ތަހުޤީޤެއް ކުރިއަށްދާކަންވެސް ފުލުހުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު