އާންމު ކޮމިޓީތަކަށް ބަދަލު ނުގެނެވިގެން ކަމަށް ބުނެ މަޖިލީސް ހުއްޓުވާލާފައިވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ވެގެން ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިހާރު ވަނީ މަޖިލިސް ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފައެވެ.
އެކަމަކު، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާއަށް ފޮނުވި ނޯޓިސް މި މަހުގެ 11 ވަނަ ދުވަހަށް ހަމަވި ނަމަވެސް އެ ދުވަހަށް އެ މައްސަލަ އެޖެންޑާ ނުކުރާން ނިންމާފައިވާ ކަމަށް މަޖިލީހުގެ އަމީން އާންމު މިއަދު ވަނީ ވިދާޅުވެފައެވެ. އެގޮތަށް މަޖިލިހުން ނިންމީ ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ނުނިމި ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައި އޮތުމުން، އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރާނެ މުއްދަތެއް އާންމު ކޮމިޓީން ނުނިންމޭތީ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އާންމު ކޮމިޓީތަކަށް ބަދަލު ނުގެނެވިގެން ކަމަށް ބުނެ މަޖިލީސް ހުއްޓުވާލާފައިވަނީ މަޖިލިހަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ވެގެން ކަމަށެވެ. ކޮމެޓީގެ މެންބަރުން ތިއްބަވާ ޕާޓީ ބަދަލުވުމުން، މީގެ ކުރީގައި ޖެހިގެން އަންނަ ދުވަހު އެކަން އިއުލާނުކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން އާންމު ކޮމިޓީން، މެންބަރުން ވާހަކަދައްކަން ޖެހޭ ވަގުތު ކަނޑަނޭޅިގެން ކަމަށް ބުނެ، މުޅި މަޖިލިސް ހުއްޓުވާލާފައި ބާއްވާނެ ޖާގަ ނޯންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހާރު އެކުލަވާލާފައިވާ ކޮމެޓީތަކަކީ ދާއިމީ ކޮމެޓީތައް ކަމަށެވެ. އެހެންގޮތަކަށް ބަދަލު ނުކުރާހާ ހިދަކު އެކޮމެޓީތައް ދެމިއޮންނާނެ ކަމަށާއި ކޮމެޓީތަށް ބޭއްވުމަށް ހުރަހެއް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެގޮތުން މިހާރު އެކުލަވައިލާފައިވާ ކޮމިޓީތަކަށް މަޖިލީހުން ބަދަލު ގެންނަންދެން، މިހާރު އެކުލަވާލާފައިވާ ކޮމިޓީތަކަށް ފުރިހަމަ ބާރުވެރިކަން އޮންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި، ކޮމިޓީތައް އެކުލަވައިލާނެ ގޮތަކާ މެދު ޕާޓީތަކުން އެއްބަސްވާން ވެސް ނުޖެހޭނެ ކަމަށާއި މިހާރު ވެސް މަޖިލިސް ބޭއްވުމަށްފަހު ވޯޓަށް އަހައި ކޮމެޓީތަކަށް ގެންނަންޖެހޭ ބަދަލު ގެނެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން، އެމްޑީޕީން ހުށަހަޅާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާނުކޮށް، މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އަަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު