ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިންގެ މެނޭޖަރ އަދި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް އެކި ފަރާތްތަކާއެކު ކުރިއަށްދާކަމަށެވެ. ނަމަވެސް އެކަމުގައި އަދި ގޮތްތަކެއް ނުނިމޭކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
"ކޯލިޝަން ހެދުމަށް މިހާތަނަށް އައިއިރު ގޮތްތަކެއް ރޭވިފައެއް ނުވޭ. އެކި ފަރާތްތަކާއެކު ވާހަކަތައް ދަނީ އަދިވެސް ކުރިއަށް. އެއްވެސް ވާހަކައެއް ނުހުއްޓޭ." އިލްހާމް ވިދާޅުވިއެވެ.
ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް އިލްހާމް ވިދާޅުވިނަމަވެސް، ކޯލިޝަން މަޝްވަރާތައް ކުރިއަށްދަނީ ކޮން ބަޔަކާއެކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީން ވަނީ މީީގެކުރިން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއެކު ކޯލިޝަން މަޝްވަރާތަކެއް ބާއްވާފައެވެ. ނަމަވެސް އެ މަޝްވަރާތަކުގައިވެސް މިހާތަނަށް މާބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު އެމްޑީޕީން މީގެކުރިން ވަނީ ދީފައެވެ. ނަމަވެސް އެކަން ޤަބޫލުނުކޮށް ޖޭޕީން ބޭނުންވީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު