މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވޭ ކަމަށް ބުނެ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރެވޭނެ ދުވަހެއް ނޭނގޭކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ ގަރާރު 11 ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ވާހަކަ ކުރިން ދެންނެވިފައިވާނެ ކަމަށެވެ.
އެހެންނަމަވެސް މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތް އަދި ފާސްކުރެވިފައި ނުވާތީ، މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) ގެ ދަށުން، މަޖިލީހުގެ ނައިބްރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ ގަރާރާ ގުޅިގެން ކުރެވޭ ބަހުސްގައި މެންބަރުން ވާހަކަދެއްކެވުމަށް ދެވޭ ވަގުތު މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ ދަށުން އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ބަހުސްކުރުމުގެ ވަގުތު ކަނޑައަޅައި ނިމުމުން، އެ ގަރާރު އެޖެންޑާ ކުރެވޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.
މަޖިލީހުގެ ނައިބް ރައީސް ވަކިކުރުމުގެ މައްސަލަ ގަސްދުގައި އެޖެންޑާ ނުކޮށް ރިޔާސަތުން ހިފަހައްޓާ މަޖިލިސް ގަވާއިދާ ހިލާފަށް ކުރިއަށްގެންދާކަމަށް މެންބަރުން އަންނަނީ ބުނަމުންނެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައި އޮންނަ އޮތުމަށް މަޖިލީހުގެ ރިޔާސަތުން ހައްލެއް ގެންނަން ބޭނުން ނުވަނީ ވެސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރަން ކަމަށް ބައެއް މެންބަރުން ބުނެއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު