ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާތީ އަންނަ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނަށް ނުއިންނެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަޤާމުން ވަކިކުރުމަށް ނިންމައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިއްޔެ ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގައި އަމަލު ކުރަމުންދާ އުސޫލަށް ބަލާއިރު ރައީސްގެ އިތުބާރު ނެތް ކަމަށް މައްސަލަ އެއް ހުށައެޅިއްޖެނަމަ އެބޭފުޅަކު ރިޔާސަތުގައި ނުއިންނަވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާތީ އަންނަ ހޯމަ ދުވަހުން ފެށިގެން އެމަނިކުފާނަަށް މަޖިލީހުގެ ރިޔާސަތުގައި ނުއިންނެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަދި މަޖިލީހުގެ ނާއިބް ރައީސް އީވާގެ އިތުބާރު ނެތްކަަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާތީ އޭނާއަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅިފައިވާތީ ރައީސާއި ނާއިބް ރައީސް ރިޔާސަތުގައި އިންނެވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އާންމު އުސޫލުން މިވީހާ ތަނަށް މަޖިލީހުން އަމަލުކުރާ އުސޫލަށް ބަލާއިރު އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ކުރިމަތިވެއްޖެ ކަމަށްވާނަމަ އެބޭފުޅަކު ރިޔާސަތުގައި ނުއިންނަވާ، އެހެންވީމަ އަޅުގަނޑު ގަބޫލުކުރާގޮތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މިހާރު އެ ވަނީ ހުށައެޅިފައި. އެހެންވީމަ ރައީސް ނަޝީދު އިންނަވައިގެން ނުވާނެ މިއަންނަ ހޯމަ ދުވަހު ރިޔާސަތުގައި. އަދި ނާއިބް ރައީސްގެ ވެސް އިތުބާރު ނެތްކަމަށް ހުށައެޅިފައި އޮތީމަ ނާއިބް ރައީސް ވެސް އިންނަވައިގެން ނުވާނެ. އެއީ މިވީހާ ހިސާބަށް އަމަލު ކުރަމުންދާގޮތަކީ. ބޭފުޅެއްގެ އިތުބާރު ނެތްކަމަށް އެހާ ބޮޑު އަގުލަބިއްޔަތަކުން ހުށައެޅުނީމަ އިތުބާރެއް ނެތް، އެ އިތުބާރު ނެތި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަކީ އެންމެ އެކަށީގެންވާ ގޮތެއް ވެސް ނޫން،" މަޖިލީހުގައި ހަތަރުވަނަ ދައުރު ފުރިހަމަ ކުރަށްވަމުން ގެންދަވާ އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފެށީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށް ފަހުވެސް މައްސަލައިގައި ގޮތެއް ނިންމިފައި ނުވާތީއާއި މަޖިލީހުގެ ގަވާއިދާއި ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާތީއެވެ. ނާއިބް ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރަޓްސް ނަމުގައި ޕާޓީއެއް ހަދަން މަސައްކަތް ފެށުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު