ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމުގެ ޤާބިލްކަން ލިބިފައިވާ ހަމައެކަނި ކެނޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމްކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމްގެ ކެމްޕެއިން މެނޭޖަރުންގެ ތެރޭގައި ހިމެނޭ އަމީން އިބްރާޙިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒްގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާ ސަބަބާއި ގުޅޭގޮތުން ވަރަށް ގިނަ ބޭފުޅުން ވާހަކަދައްކަވަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް ގާސިމް ގެންނަންވީ ސަބަބާއި ގުޅޭގޮތުންވެސް އެކި ފޯރަމްތަކުގައި ވާހަކަތައް ދެކެވޭކަމަށެވެ.
އަމީން ވިދާޅުވީ ގާސިމް ވެރިކަމަށް ވަޑައިގަތުމުން ވަކިވަކި ފަރުދުންނަށް ލިބެން އޮތީ ކޮން ކުރިއެރުމެއްތޯއާމެދު ވިސްނާލަންޖެހޭކަމަށެވެ.
"ތިމާ ބޭނުންވަނީ ކޮންކަމެއްތޯ، ތިމާގެ އާއިލާ ބޭނުންވަނީ ކޮންކަމެއްތޯ، ތިމާގެ ރަށްޓެހިން ބޭނުންވަނީ ކޮންކަމެއްތޯ، އެކަންކަން ބޭނުންވާގޮތަށް ކުރެވެން އަންނަނީ ކޮން ގޮތަކަށްތޯ އަދި ކިހިނެއް ހަދައިގެންތޯ. ކޮންމެހެން މީހަކު ބޭނުންވާ ކަމެއް އެކަނި ކޮށްލަދިނުމެއް ނޫން އޮތީ. އެމީހަކު އުޅޭ މުޖްތަމައަށް އޮންނަ ހާސްކަމާއި ނުތަނަވަސްކަން ނިމުމަކަށް ގެނައުން. މިކަންކަން ކުރަން އެބަ ބޭނުންވޭ. އެކަންކަން ފަސޭހައިން ކުރެވޭނެ ގޮތެއް ހޯދަން މިއުޅެނީ." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ކޮންމެ 5 އަހަރަކުން ޤައުމުގެ ވެރިކަމަށް މީހަކު ގެންނަނީ އެ ވަގުތު ދިމާވެފައި ހުންނަ މައްސަލަތަކަށް ހައްލު ހޯދައި އެކަންކަން ރަނގަޅުކުރުމަށް ކަމަށެވެ. އެކަންކަމަށް ހައްލު ހޯދާނެ މީހަކު ކަނޑައެޅުމުގައި އެއީ ތިމާ ބޭނުންވާ ކަންކަން ކޮށްދެވޭނެ ފަދަ މީހެއްތޯ ކޮންމެ ރައްޔިތަކުވެސް ބަލަންޖެހޭކަމަށް އަމީން ވިދާޅުވިއެވެ. އަދި އެއީ އެކަންކަން ކުރެވޭނެ ފަދަ ތަޖުރިބާއާއި ޤާބިލްކަން ހުރި މީހެއްތޯ ޔަގީންކުރަންޖެހޭކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ވެރިކަމަށް ކުރިމަތިލާއިރު މަތީ ފާސްތަކެއް އެކަނި އޮތަސް ނުފުދޭނެކަމަށާއި، ތައުލީމާއެކު އިތުރު ސިފަތަކެއްވެސް ހުންނަންޖެހޭ ނެކަމަށެވެ. އެގޮތުން ކާމިޔާބާއި ހަމައަށް ދިއުމަށް އެމީހަކަށް އެކި ކަންކަމުގައި ލިބިފައި ހުންނަ ތަޖުރިބާއަކީ ވަރަށް މުހިއްމު އެއްޗެއްކަމަށް އަމީން ވިދާޅުވިއެވެ. އަދި މައްސަލަތައް ހައްލުކުރަން މަސައްކަތްކޮށް، ކުރިއަށް ދިއުމުގެ ރޫހާއި އަޒުމްވެސް އެމީހެއްގެ ކިބައިގައި ހުންނަންޖެހޭނެކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމުގެ ޤާބިލްކަން ހުރި ހަމައެކަނި ކެނޑިޑޭޓަކީ ޤާސިމް އިބްރާހިމްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު