ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލި ކަމަށް ބުނާ މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ބަލަން މަޖިލީހުން ފުރިހަމަ އިންކްއަރީ އެެއް ހަދަންޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުޙައްމަދު އަަސްލަމް މިރޭ ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި މިރޭ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ކަނޑުގެ މައްސަލައިގައި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. ކަނޑުގެ މައްސަލައިގައި އެކި ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުން އެކަމުގެ ފުރިހަމަ އިންކްއަރީއެއް ހަދަންޖެހޭ ކަމަށް ގަބޫލު ކުރަށްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެއީ ރާއްޖޭގެ ސަރަހައްދެއް މި ތުހުމަތުކުރަނީ ވިއްކާލީއޭ. ވަރަށް ހުތުރުކޮށް ތުހުމަތު ބައެއް ފަރާތްތަކުން މިކުރަނީ، އެ ކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،"ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ މުގައްރިރު ކަން ވެސް ކުރަށްވާ އަސްލަމް ވިދާޅުވިއެެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ކަނޑުގެ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅުމުން އެމައްސަލައިގައި ކަން ހިނގާދިޔަ ގޮތާއި ގުޅޭ ގޮތުން ރައީސް އޮފީހުންނާއި ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ބައެއް މައުލޫމާތު ހޯއްދަވާފައިވާ ކަމަށެވެ.
އެގޮތަށް ހޯއްދެވި މައުލޫމާތުން ކަނޑުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އެކި ޖަލްސާތަކުގައި ދައްކަނީ މުޅިން ތަފާތު ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލުމުން ކަނޑުގެ މައްސަލައިގައި ރައީސް މޮރިޝަޝް އަށް ފޮނުއްވި ސިޓީފުޅު ހޯދަން ރައީސް އޮފީހުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. 241 ކޮމެޓީން ބެލުމަށްފަހު އެސިޓީފުޅު ހާމަކުރަންޖެހިއްޖެނަމަ އެކަން ކުރަށްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމައްސަލައިގައި ކަން ހިނގާދިޔަ ގޮތް ބެލުމުގެ ބާރު އޮތީ 241 ކޮމެޓީ އަށް ކަމަށެވެ. އެމައްސަލަ އެކޮމެޓީން ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ކަނޑުގެ މައްސަލައިގައި އިހުމާލުވާ ބަޔަކު ތިިބި ނަމަ އެބަޔަކު ހޯދަންޖެހޭ ކަމަށެވެ.
"241 ކޮމެޓީން މުޅި މައްސަލަ އެއްކޮށް ބަލަންޖެހޭ، ކިހިނެތްތޯ ކޮން ހިސާބަކުން ކިހިނެއްވެފަތޯ މިއޮތީ. ރާއްްޖޭގެ ސިޔާދަތީ ބާރު ލިބިގެންވާ ސަރަހައްދު ގާނޫނުގައި ބުނަނީ ކޮން ސަރަހައްދެއްތޯ، ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދަކީ ކޮބައިތޯ، ކިހިނެތްތޯ މިކަން މިވަނީ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދާއި ގުޅޭގޮތުން ޑީ ލިމިޓްކުރަން މިޖެހުނީ ކީއްވެތޯ، އަންކޮލޮސްގެ ދަށުން އިޓްލޮަސް އަށް ދިޔައީ ކޮންބަޔެއްތޯ އަންކޮލޮސްގެ ދަށުން މައްސަލަ އެއް ހުށައެޅުމުގެ ހައްގު އޮންނަ ކޮން މުއްދަތަކަށްތޯ ކީއްވެތޯ ނުދިޔައީ ކޮންބަޔެއްތޯ ނުދިޔައީ. ކިހިނެތްތޯ މިކަން ވެފައި މިއޮތީ. ވަރަށް ތަފްސީލްކޮށް މިކަން ބަލަންޖެހޭ. މިކަމުގައި އިހުމާލުވާ ބަޔަކު ތިބިކަމުގައި ވަނީނަމަ އިހުމާލުވާ ބަޔަކު އަޅުގަނޑު ގަބޫލުކުރާގޮތުގައި ބަލައި ހޯދަންޖެހޭ. މިކަމުގެ ހަގީގަތަށް ހަމަ ތަފްސީލްކޮށް ވާސިލްވާންޖެހޭ ކަމަށް އަޅުގަނޑު ދެކެނީ." އަސްލަމް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު