ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓް ކޮމިޝަނުގެ ތެރެއިން ލީކުވި ކަމަށް ބުނެ ދައްކާ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނީ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓް އީސީ ތެރެއިން ލީކުވި ކަމަށް ބުނާ މައްސަލަ ކޮމިޝަނުން ބެލުމަށް ފަހު މިރޭ ނެރުނު ބަޔާނުގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ބުނީ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓް އީސީ ތެރެއިން ލީކު ކުރިކަމަށް ބަޔަކު ބުންޏަސް އެފަދަ އެއްވެސް ކަމެއް ކޮމިޝަނުގެ ތެރެއިން ހިނގާފައި ނުވާކަމަށެވެ. އަދި އެފަދަ އެއްވެސް އަމަލެއް އެ ކޮމިޝަނުގެ އެއްވެސް މެމްބަރަކު ނުވަތަ މުވައްޒަފަކުވެސް ހިންގާފައި ނުވާކަން އެންމެހާ ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވާކަމަށް އެ ބަޔާނުގައިވެއެވެ.
އީސީން ވަނީ އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބަށް އީސީން ތައްޔާރުވަމުންދާއިރު ކޮމިޝަނާއި ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންނަށް އޮތް އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްމާސް ކޮށްފައެވެ.
ނަޝީދަށް ތާއިދުކުރާ މީހުން އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ،3560 ފޯމް އިލެކްޝަނަށް ހުށަހަޅާފައެވެ. ނަޝީދުގެ އަރިސް ބޭފުޅުން ތުހުމަތުކުރާ ގޮތުގައި ޑިމޮކްރެޓްސް ޕާޓީއާ ގުޅުމަށް ސޮއިކޮށްފައިވާ މެމްބަރުންގެ ލިސްޓެއް އީސީ ތެރެއިން ލީކުވެ، އެ ލިސްޓުގައި ތިބި މީހުންނަށް ވަކިވަކިން ގުޅައި ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ ބިރު ދައްކާފައެވެ.

— Elections Commission (@ElectionsMv) June 6, 2023

ކިޔުންތެރިންގެ ހިޔާލު