ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު، ވަކިކުރަން ސޮއިކުރެއްވީ އެމަނިކުފާނުގެ އަމަލުތައް ހައްދުން ނައްޓައިގެން ދިއުމުންކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ސިޔާމް ސޮއިކުރެއްވި ސަބަބާއި ގުޅޭގޮތުން ސިޔާމް ވިދާޅުވީ މަޖިލިސް ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ނަޝީދު ކަންކަން ކުރައްވަނީ ގަވައިދާ ހިލާފަށް، އަމިއްލަ މަސްލަހަތު އިސްކޮށްގެންކަމަށެވެ.
ސިޔާމް ވިދާޅުވީ މަޖިލީހުގެ ގަވައިދާ އެއްވޮތަށް ކަންކަން ކުރެއްވުމާއި އެ ގަވައިދު ފުރިހަމަޔަށް ތަންފީޒުކުރެއްވުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނާނީ މަޖިލީހުގެ ރައީސަށްކަމަށެވެ. އެކަމަކު މިހާރު ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރުތަކެއްކަމަށާއި، ގަވާއިދަށް އެންމެ ބޮޑަށް އަރައިގަންނަނީ ގަވާއިދު ހިންގަން ހުރި ބޭފުޅާ ކަމަށް ސިޔާމު ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ނަޝީދު މަގާމުން ވަކިކުރަން ސޮއިކުރީ ކަންކަން ހައްދުން ނެއްޓި މަޖިލީހުގައި ތަޅުއަޅުވާ ހިސާބަށް ކަންކަން ގެންދެވުމުންކަމަށެވެ.
"މަޖިލިސް ރައީސް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެންވެސް ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަ. ހިންގަވަނީ އަމިއްލަ އެޖެންޑާއެއް." ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މީގެ ކުރީންވެސް މަޖިލީހުގައި ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް އެ ބޭފުޅުން ހާޒިރުކޮށްގެން މިހާރު ކުރާ ކަމަކީ ވަގަށް ގޮވުމާއި އަގު ވައްޓާލުންކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމީ މިއަދުއެވެ. މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައި މިވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށް ފަހުވެސް މައްސަލައިގައި ގޮތެއް ނިންމިފައި ނުވުމުންނެވެ.
ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ 56 މެމްބަރުންގެ ތެރެއިން މިހާތަނަށް 50 މެމްބަރަކު ވަނީ ނަޝީދު މަޤާމުން ވަކިކުރަން ސޮއިކުރައްވާފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައި އޮތީ 50 މެމްބަރުންގެ ސޮއި ހަމަވުމުން މައްސަލަ ހުށަހެޅުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ މިމައްސަލަ މަޖިލީހަށް ހުށަހަޅާނެއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުން ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު