22 ރަށަކަށް ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ "ސޯ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް"އާއި ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގައި ބޭއްވި ރަސްމިއްޔާތެެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އާމިނަތު ޝަޢުނާއެވެ. އަދި ސޯ އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ބަނޑުލަ ޖަޔަރަތުނައެވެ.
މި 22 ރަށަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެނީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުންނެވެ. އެގޮތުން މި މަސައްކަތަށް 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ.
އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖެއައް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މަނޭޖް ކުރުމަށް ބޭނުންވާ ވަސީލައްތައް ޤާއިމް ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. އަދި ކުނި އުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމާއި އަދި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ރަށުގެ ކައުންސިލްތަކަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދެމުންދާކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.
ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ސްރީލަންކާގެ ސޯ އިންޖިނިއަރިންގއާއި ޙަވާލުކުރި ރަށްތަކަކީ
މ. މުލަށް ، މ. މުލި، މ. ކޮޅުފުށި، މ. ދިއްގަރުމ ފ. އަތޮޅު: ފ. މަގޫދޫ، ފ. ނިލަންދޫ، ފ. ފީއަލި، ދ. އަތޮޅު: ދ. ރިނބުދޫ، ދ. މާއެނބޫދޫ، ދ. ކުޑަހުވަދޫ، ތ. އަތޮޅު: ތ. ބުރުނި، ތ. މަޑިފުށި، ތ. ގުރައިދޫ، ތ. ވަންދޫ، ތ. ތިމަރަފުށި، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ހިރިލަންދޫ، ލ. ދަނބިދޫ، ލ. ގަން، ލ. ފޮނަދޫ އަދި ލ. މާމެންދޫއެވެ.
މި ރަށްތަކަށް ފޯރުކޮށްދޭން ހަމަޖެހިފައިވާ ސާމާނުގެ ތެރޭގައި މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝަރ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 4 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މ، ފ، ދ، ތ އަދި ލ އަތޮޅުގެ 22 ރަށަކަށް ރަށުފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ ‘SAW Engineering Pvt Ltd’ އާއި ޙަވާލުކޮށްފި. pic.twitter.com/RqhokwpiqJ
— Min. of Environment, Climate Change and Technology (@MoEnvmv) June 6, 2023
ކުނި މެނޭޖްކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ސްރީލަންކާގެ ސޯ އިންޖިނިއަރިންގއާއި ޙަވާލުކުރި ރަށްތަކަކީ
މ. މުލަށް ، މ. މުލި، މ. ކޮޅުފުށި، މ. ދިއްގަރުމ ފ. އަތޮޅު: ފ. މަގޫދޫ، ފ. ނިލަންދޫ، ފ. ފީއަލި، ދ. އަތޮޅު: ދ. ރިނބުދޫ، ދ. މާއެނބޫދޫ، ދ. ކުޑަހުވަދޫ، ތ. އަތޮޅު: ތ. ބުރުނި، ތ. މަޑިފުށި، ތ. ގުރައިދޫ، ތ. ވަންދޫ، ތ. ތިމަރަފުށި، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ހިރިލަންދޫ، ލ. ދަނބިދޫ، ލ. ގަން، ލ. ފޮނަދޫ އަދި ލ. މާމެންދޫއެވެ.
މި ރަށްތަކަށް ފޯރުކޮށްދޭން ހަމަޖެހިފައިވާ ސާމާނުގެ ތެރޭގައި މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝަރ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 4 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު