ކޯވިޑަށް ފަރުވާ ދިނުމަށް ބޭނުންވާނެ ބައެއް ސިއްހީ ސާމާނާއި އާލަތްތައް ޔޫއެންޑީފީން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިއީ ޗައިނާގެ އެހީގައި ޔޫއެންޑީޕީން ރާއްޖެއަށް ފޯރުކޮށްދިން ސާމާނުތަކެކެވެ. ޔޫއެންޑީޕީން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 4000 އަށް ވުރެ ގިނަ އަންގިއާއި، 16 އޮޓޮމޭޓެޑް އެކްސްޓަރނަލް ޑެފިބްރިލޭޓާސްއާއި، 10 ނިއޮނޭޓަލް ވެންޓިލޭޓަރެވެ.
މި ތަކެއްޗަކީ ކޯވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައްޔާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ދިނުމުގައި ބޭނުންކުރެވިދާނެ ތަކެއްޗެވެ. މި ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މާލެއިން ބޭރުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި ސިއްހީ ހިދުމަތްދޭ ތަންތަނަށެވެ.
މިއެހީގައި ހިމެނޭ 10 ވެންޓިލޭޓަރު ފޯރުކޮށްދޭނީ ހއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، މ. އަތޮޅު، ރީޖަނަލް ހޮސްޕިޓަލް، ދ. އަތޮޅު ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލަށެވެ.
ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމެވެ. ނަސީމް ވިދާޅުވީ ޗައިނާގެ އެހީއާއެކު ފޯރުކޮށްދިން މިއެހީގެ ސަބަބުން އަތޮޅު ތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ފަސޭހަތަކެއް ލިބޭނެކަމަށެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިންއާއި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް ވެރާ ހާކިމް ބައިވެރިވެވަޑައިގެންނެވިއެވެ.

We are happy to receive donation of essential equipment, resources & transfer of technology and trainings from 🇨🇳 and @UNDP to strengthen our healthcare systems, enhance #COVID19 recovery capabilities & provide critical care for respiratory and life-threatening illnesses in🇲🇻 pic.twitter.com/VX652kbrHf
— Ministry of Health (@MoHmv) June 6, 2023
މިއެހީގައި ހިމެނޭ 10 ވެންޓިލޭޓަރު ފޯރުކޮށްދޭނީ ހއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، މ. އަތޮޅު، ރީޖަނަލް ހޮސްޕިޓަލް، ދ. އަތޮޅު ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލަށެވެ.
ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމެވެ. ނަސީމް ވިދާޅުވީ ޗައިނާގެ އެހީއާއެކު ފޯރުކޮށްދިން މިއެހީގެ ސަބަބުން އަތޮޅު ތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ފަސޭހަތަކެއް ލިބޭނެކަމަށެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިންއާއި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް ވެރާ ހާކިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު