އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ޖަލުން ދޫކޮށްލާނަމަ ޖަލުގައި ތިބި އެންމެން ދޫކޮށްލަންޖެހޭނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިދިކޮޅު ޕީޕިއެމް އިސްވެ އޮވެ މަޖިލީހަށް ހުށައަޅާފައިވާ އެޓާނީ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅިގެން މިހާރު އުފެދިފައިވާ މައްސަލަ ހައްލު ކުރުމަށް އިދިކޮޅު ފަރާތްތަކާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެމަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކުން ހުށައަޅަނީ ކުރީގެ ރައީސް ޔާމިން ޖަލުން މިނިވަން ކުރުމަށް ކަމަށް އަސްލަމް ވިދާޅުވިއެެވެ.
އެހެން ނަމަވެސް ހަމައެކަނި ރައީސް ޔާމިން ޖަލުން ދޫކޮށްލުމަކީ ކުރެވޭނެކަމެއް ނޫން ކަމަށާއި އެމަނިކުފާނު ދޫކޮށްލާނަމަ ޖަލުގައި ތިބި އެންމެން ދޫކޮށްލަންޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އޭޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާފައިވަނީ އިދިކޮޅު ޕީޕިއެމުން، އަޅުގަނޑަށް ފާހަގަކުރެވެނީ އެބޭފުޅުންނާއި ކުރަން އޮތް މަޝްވަރާއެއްގެ ގޮތުގައި އިސްވެ އަޑުއިވޭ މަޝްވަރާއަކީ ރައީސް ޔާމިން ދޫކޮށްލެއްވުން. އަޅުގަނޑު ދެކޭގޮތުގައި ރައީސް ޔާމިން ދޫކޮށްލާނަމަ ޖަލުތަކުގަޔާއި ހައްޔަރުގަޔާ ބަންދުގައި ތިބި އެތަށް ބަޔަކު ދޫކޮށްލަންޖެހޭނެ. އެހެންވީމަ ވަކި މީހަކު ވަކިގޮތަކަށް ދޫކޮށްލުމުގެ ވިސްނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް، އެއީ އެހެން ކުރެވޭނެ ކަމެއް ނޫން. ގާނޫނުތަކެއް އެބަހުރި ގަވާއިދު ތަކެއް އެބަހުރި. ގާނޫނާއި ގަވާއިދުގެ ތެރެއިން އެބޭފުޅުން އެދިވަޑައިގަންނަވަނީ ރައީސް ޔާމިން ދޫކޮށްލަންކަން އަޅުގަނޑަށް ފާހަަގަކުރެވެނީ. އެބޭފުޅުންގެ ފަރާތުން ރައީސް ނަޝީދު މަޝްވަރާއަށް ނިކުންނެވީތޯ ސުވާލު އުފެދޭ،" އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދާ ގޮތާއިމެދު މަޖިލިސް ރައީސާއި މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އަދި މަޖިލިސް ކުރިއަށް ގެންދާ ގޮތާއި މެދު އުފެދޭ ޚިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މެދު މަޝްވަރާ ކުރަންޖެހޭ ކަމަށާއި އެހެންނަމަވެސް އެކަން ކުރިއަށް ނުދާކަމަށް އަސްލަމް ވިދާޅުވިއެވެ. މަޖިލިސް ރައީސް މިހާރު ބޭނުންފުޅުވަނީ ކޮން ފަރާތެއްގެ މަޝްވަރާއެއްކަމެއް ސާފު ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"މަޖިލިސް ރައީސް މަޝްވަރާ ބޭނުންފުޅުވަނީ ކޮން ފަރާތެއްގެ މަޝްވަރާކަމެއް އަޅުގަނޑުމެންނަށް ސާފެއް ނޫން، އެއީ އެމްޑީޕީ ރައީސް އެމްޑީޕީ ދެކޭގޮތުގެ މަޝްވަރާ އާއި އެމްޑީޕިގެ ރޫޙް ކުރިއަށް ގެންދިޔުންތޯ ނުވަތަ ޕީޕިއެމް ޕީއެންސީގެ ރޫޙް ކުރިއަށް ގެންދިޔުންތޯ ނުވަތަ މިނިވަން މެމްބަރުންގެ ގޮތުގައި މިހާރު ތިބި ވަކި ޕާޓީއަކަށް ނިސްބަތްނުވާ އެމްޑީޕީން ވަކިވެ މިހާރު ޕާޓީއެެއް އުފައްދައިގެން އުޅޭ ޑިމޮކްރަޓުން އެ އުފައްދަވާ ޕާޓީގެ ވިސްނުމުގައިތޯ މަޝްވަރާ ކުރަން ބޭނުންވަނީ ސާފެއް ނުވޭ،" އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު