މަޖިލީހުގެ ރައީސްކަމުގެ މަޤާމު ހުސްވެއްޖެނަމަ އެ މަޤާމާއި ހަވާލުވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ޝައުޤުވެރިކަން ހުރިކަމަށް އަސްލަމް ހާމަކުރައްވާފައި މިވަނީ މަޖިލީހުގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވި މުހައްމަދު ނަޝީދު އެ މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް ވަޑައިގަތުމާއި މެދު ވާހަކަ ދައްކާނީ އެ މަޤާމު ހުސްވުމުންކަމަށެވެ. އެހެންކަމުން އެކަމާއި އަދި އެއްގޮތަކަށްވެސް ނުވިސްނަވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގެ މަޤާމު ހުސްވުމުން އެ މަޤާމަށް އައްޔަންކުރާނެ ބޭފުޅެއް އެމްޑީޕީގެ ޕީޖީގައި މަޝްވަރާކުރުމަށްފަހު ނިންމާނެކަމަށެވެ، އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތު އޭނާއާ ހަވާލުކުރަން ނިންމައިފިނަމަ އެކަމާއި ހަވާލުވާން ތައްޔާރަށް ހުންނެވިކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"ޕާލިމަންޓްރީ ގްރޫޕުން އެފަދަ ނިންމެވުމެއް ނިންމަވައި އަޅުގަނޑާއި ހަވާލު ކުރަން ނިންމަވައިފިއްޔާ އަޅުގަނޑު ހަމަ ހިތުގެ އަޑިން އެކަން ގަބޫލު ކުރާނަން" އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރުކަމަށްވާ މުހައްމަދު އަސްލަމް މިހާރު އަދާކުރައްވަމުން އެ ގެންދަވަނީ މެދުނުކެނޑި މަޖިލީޙުގެ 4 ވަނަ ދައުރެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ 19 ވަނަ ދައުރު ފެށުނުއިރު އަސްލަމް ވަނީ މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށް ޝަޢުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އުފެދުނު ކޯޅުން ބޮޑުވެގެން އެމްޑީޕީން ނިންމީ މަޖިލީހުގެ ރައީސްކަމަށް ނަޝީދު އައްޔަންކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު