އެއްވެސް ފަރާތަކަށް ޚުޝާމަދު ކުރުމުގެ ގޮތުން، އިސްވެ ދިޔަ ފަރާތްތަކުން ގެނެސްދީފައިވާ ކުރިއެރުންތަކަށް ފަސްއަޅައި ފޮރުވުމަކީ، ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ރޭ ވިދާޅުވީ އެއްވެސް ފަރާތަކަށް ޚުޝާމަދު ކުރުމުގެ ގޮތުން، އިސްވެ ދިޔަ ފަރާތްތަކުން ގެނެސްދީފައިވާ ކުރިއެރުންތަކަށް ފަސްއަޅައި ފޮރުވުމަކީ، ކޮންމެ މީހަކު ކުރި ނަމަވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު އެ އިޝާރަތް ކުރަށްވަނީ ސީދާ ކޮން ކަމަކަށް ކަން ނުވަތަ ކޮން ފަރާތަކަށްކަމެއް ވިދާޅުވެފައެއް ނުވެއެވެ.
އެހެން ނަމަވެސް މައުމޫން މި މޭރުމުން ވާހަކަފުޅު ދައްކާވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫގެ ތަރައްގީއަށް ކޮށްދެއްވާ ކަންކަން ފާހަގަކޮށް، އެމަނިކުފާނަކީ އައްޑޫގެ ތަރައްގީގެ ބާނީ ކަމަށް ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި ދިގު ތިރީސް އަހަރު ވެރިކަން ކުރެއްވި މައުމޫންގެ ވެރިކަމުގައި އައްޑޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެެ. އެގޮތުން އައްޑޫގައި މިހާރު ވެސް އޮތް ލިންކް ރޯޑާއި، އައްޑޫގެ ސްކޫލްތަކާއި، ސަރުކާރުގެ ގިނަ އިމާރާތްތައް މައުމޫންގެ ވެރިކަމުގައި ބިނާ ކޮށްފައި ވެއެވެ.

އެއްވެސް ފަރާތަކަށް ޚުޝާމަދު ކުރުމުގެ ގޮތުން، އިސްވެ ދިޔަ ފަރާތްތަކުން ގެނެސްދީފައވާ ކުރިއެރުންތަކަށް ފަސްއަޅައި ފޮރުވުމަކީ، ކޮންމެ މީހަކު ކުރިނަމަވެސް ކޮށްގެން ވާނެ ކަމެއް ނޫން.
— Maumoon Abdul Gayoom (@maumoonagayoom) June 5, 2023
އެހެން ނަމަވެސް މައުމޫން މި މޭރުމުން ވާހަކަފުޅު ދައްކާވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫގެ ތަރައްގީއަށް ކޮށްދެއްވާ ކަންކަން ފާހަގަކޮށް، އެމަނިކުފާނަކީ އައްޑޫގެ ތަރައްގީގެ ބާނީ ކަމަށް ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި ދިގު ތިރީސް އަހަރު ވެރިކަން ކުރެއްވި މައުމޫންގެ ވެރިކަމުގައި އައްޑޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެެ. އެގޮތުން އައްޑޫގައި މިހާރު ވެސް އޮތް ލިންކް ރޯޑާއި، އައްޑޫގެ ސްކޫލްތަކާއި، ސަރުކާރުގެ ގިނަ އިމާރާތްތައް މައުމޫންގެ ވެރިކަމުގައި ބިނާ ކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު