އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއެކު އަހަރަކު 908 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެށްޓަށް ލިބޭ ގެއްލުންތަކާއި، އެއާ ވިދިގެން އަންނަ އިޤްތިޞާދީ އަދި އިޖުތިމާޢީ ނުރަނގަޅު ބަދަލުތައްކަމަށެވެ.
ދިވެހިރާއްޖެއަކީ ދުނިޔޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް އަދި ތިމާވެށްޓާ ރައްޓެހި ތަރައްޤީއަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމުކަމަށާއި، އޭގެ ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ކުރާނީ ރާއްޖެފަދަ ބިންތިރި، ކުދި ޖަޒީރާ ޤައުމުތައް ކަމުގައިވުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުން ތިމާވެށްޓާ ރައްޓެހިކޮށް ތަރައްޤީވެވިދާނެކަން ދުނިޔެއަށް ހާމަކުރުމަކީ، ސަރުކާރުގެ އެއް އަމާޒުކަމަށެވެ. އެގޮތުން، 2030ގެ ނިޔަލަށް ރާއްޖޭގެ އެމިޝަން ނެޓް ޒީރޯ ކުރުމަށް މަސައްކަތް ކުރާނެކަން ރާއްޖެއިން އިއުލާންކޮށް، އެ މަގުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަން ވަނީ ފެށިފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި ލަނޑުދަނޑިއަށް ހާސިލުވުމަށް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަވިން ހަކަތަ އުފައްދާ 36 މެގަވޮޓްގެ ނިޒާމުތައް ވަނީ އިތުރުކުރެވިފައި. މީގެ ސަބަބުން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސަލުން އަހަރަކު 17 މިލިއަން ލީޓަރު މަދުކުރެވި، ޑީސަލަށް ކުރާ ޚަރަދުން ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ. އަދި ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުން 42,000 ޓަނު މަދުކުރެވޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިތުރު 113 ރަށެއްގައި، 68.4 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމުތައް ޤާއިމްކުރުމުގެ މަސައްކަތް، އެކި މަރުޙަލާގައި މިހާރުވެސް ކުރިއަށް އެބަދާކަމަށެވެ. އަދި މި މަސައްކަތްތައް ނިމުމުން، އިޢާދަކުރަނިވި ހަކަތައިގެ ޤާބިލްކަން، ޖުމްލަ 121 މެގަވޮޓަށް އިތުރުކުރެވޭނެކަމަށާއި މީގެ ސަބަބުން ބަޖެޓުން އަހަރަކު 908 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 140,000 ޓަނު ޖައްވަށް ބޭރުނުކޮށް ފަރުޖެހޭނެ" ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ގޭބީސީތަކަށް ސޯލަރ ހަކަތައިގެ މަންފާ ހޯދައިދިނުމަށް ހޯމް ސޯލަރ ޕްރޮގްރާމްވެސް މިހާރު ކުރިއަށް އެބަދޭކަމަށެވެ. އަދި މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ސޯލަރ ހަކަތަ ބޭނުންކުރަން ފެށި 300 ގޭބީސީތަކުގެ ކަރަންޓް ބިލުން ބޮޑު އިންސައްތައެއް އެބަ ސަލާމަތް ކުރެވޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިސްކިތްތައް ސޯލަރ ކުރުމަކީވެސް މި ސަރުކާރުން ފެށި މުހިންމު މަޝްރޫޢެއްކަމަށާއި، މި އަހަރުގެ ތެރޭގައި 155 މިސްކިތެއްގައި، 465 ކިލޯވޮޓުގެ ސޯލަރ ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ހަކަތައިގެ ބޭނުންތަކަށް، ތެލަށް ބަރޯސާނުވެ އިޢާދަކުރަނިވި ހަކަތައިން ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ބޭނުންކުރާ ޤައުމަކަށް ވެގެންދިޔުންކަމަށެވެ.
ދިވެހިރާއްޖެއަށް ގެނެވޭ ތަރައްޤީއަކީ، ވެށީގެ މުއްސަނދިކަމާއި، ރީތިކަން ބޭނުންކޮށްގެން، އެއާ އެކުއެކީގައި ކުރިއަށް ގެންދެވޭ އެއްޗަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިކަންކަމަށް މަގުފަހިކުރުމުގެ ގޮތުން، ތިމާވެށީގެ ވުޒާރާއާއި، ރެގިއުލޭޓަރީ އެޖެންސީއާއި، މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ޖަމުޢިއްޔާ، ޖަމާޢަތްތައް ބާރުވެރިކުރުވައި، އެ މުއައްސަސާތަކުން އިތުރަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު