އައްޑޫ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އިތުބާރުކުރާ ސަބަބު އައްޑޫގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ހާމަވާކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ރައީސް ސާލިހު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބަށް ޝުކުރު އަދާކުރައްވާ ރައީސް ކުރެއްވި ޓްވީޓާއި ގުޅިގެނެވެ.

ރައީސް ސާލިހުގެ ޓްވީޓްގައި ވަނީ އައްޑޫ ރައްޔިތުން އެމަނިކުފާނަށް ކުރައްވާ އިތުބާރުވެސް ފާހަގަކުރައްވާފައެވެ.

އައްޑޫ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ރައީސް ސާލިހު ކުރެއްވި ޓްވީޓާއި ގުޅިގެން މޭޔަރ ނިޒާރު ވަނީ ރައީސް ސާލިހަށް ޝުކުުރު އަދާކުރައްވާފައެވެ.

އައްޑޫ ސިޓީގެ މޭޔަރ ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ރައީސް ސާލިހަށް އިތުބާރު ކުރާކަމަށެވެ. އަދި އައްޑޫގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް އެ އިތުބާރު އުފަންކުރުވި ސަބަބު އެބަ ފެންނަކަމަށް ނިޒާރު ވިދާޅުވިއެވެ.



އައްޑޫ ސިޓީއަށް ރައީސް ސާލިހު ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ސިޓީގެ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް އިފްތިތާހުކުރައްވާފައެވެ. އަދި މިހާރު ކުރިއަށްދާ ތަރައްޤީގެ ބައެއް މަސައްކަތްތައްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސް ސާލިހު ޤަބޫލުފުޅުކުރައްވާ ގޮތުގައި އައްޑޫގެ ތަރައްޤީ ގުޅިފައިވަނީ މުޅި ރާއްޖޭގެ ތަރައްޤީއާއެވެ. އެހެންކަމުން އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދިނުމުގައި މި ސަރުކާރު ދެމި އޮންނާނެކަމުގެ ޔަގީންކަން ރައީސް ސާލިހުގެ ސަރުކާރުން އައްޑޫ ރައްޔިތުންނަށް ވަނީ ދީފައެެވެ.



ކިޔުންތެރިންގެ ހިޔާލު