ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުވުމަށް ވަކީލުންގެ ބޭނުންވާކަން އޭޖީ އަންގަވާފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީޙުގެ އިދާރާއިން މިހެން ބުނީ ''ވަކީލުންގެ ޓީމެއް މެދުވެރިކޮށް ދިފާއުވުމަށް ރިފްޢަތަށް ފުރުޞަތެއް ނުދިން'' ކަމަށް ބުނެ ނޫހަކުން ހަބަރު ފެތުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މަޖިލީހުން ނެރުނު ބަޔާނުގައި ބުނީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން އޭޖީއަށް ފޮނުއްވި ނޯޓިސްގައި އެ މައްސަލައާމެދު ކުރެވޭ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ދިފާއުގައި މަސައްކަތްކުރެއްވުމުގެ ޙައްޤު އެ އޭޖީއަށް ލިބިގެންވާކަން ބަޔާންކޮށްފައިވާނެ ކަމަަށެވެ.
މަޖިލީހުގެ ބަޔާނުގައި ބުނީ އެ މައްސަލައިގެ ބަހުސްގައި ހާޒިރުވެވަޑައިގެން ވާހަކަދެއްކެވުމުގެ ބަދަލުގައި ލިޔުމުން ދިފާއު ހުށަހެޅުއްވުމަށް އެންމެ ފުރަތަމަ ނިންމެވުމަށްފަހު، އެ މައްސަލައިގެ ބަހުސް އޮންނަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެން އެ ބަހުސްގައި އަނގަބަހުން ދިފާއުވުމަށް ގަސްދުކުރައްވާކަމަށް ބަޔާންކުރައްވައި 4 ޖޫން 2023 ގައި ބަންޑާރަ ނައިބު މަޖިލީހަށް ސިޓީއެއް ފޮނުއްވިކަމަށެވެ. އަދ،ި އޭޖީއާއެކު އަރިހުގައި 3 ބޭފުޅުންނަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް އެ ސިޓީގައި އެދިވަޑައިގެންފައިވާކަމަށްވެސް މަޖިލީހުގެ ބަޔާނުގައިވެއެވެ.
"އެހެންނަމަވެސް މަޖިލިސްކުރާ މާލަމަށް ވަނުމަށް ހުއްދަ ލިބިގެންވާ މީހުންގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ހިނގާކަމަކާ ގުޅޭގޮތުން، ހުއްދަ ލިބިގެން އަންނަ، ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާއާއި އޭނާއަށް އެހީތެރިވެދިނުމަށް އަންނަ އޭނާގެ 2 މުވައްޒަފުން" ހިމެނޭކަމަށް ބަޔާންކޮށްފައިވާތ،ީ އޭޖީގެ އަރިހުގައި މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވޭނީ 2 ބޭފުޅުންނަށްކަން އޭޖީއަށް އެންގުމުނ،ް އެ ޖަލްސާއަށް އޭޖީގެ އަރިހުގައި ވަޑައިގަންނަވާނެ 2 ބޭފުޅުންގެ ނަމާއި މަޤާމު ފޮނުއްވި ކަމަށް މަޖިލީހުގެ ބަޔާނުގައިވެއެވެ.
މަަޖިލީހުގެ ބަޔާނުގައި ބުނީ އެ އޭޖީގެ އަރިހުގައި 2 ބޭފުޅުންނަށް ހާޒިރުވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައިކަމަށާއި އަދ،ި އެ 2 ބޭފުޅުން ޖަލްސާގައި އެ އޭޖީގެ އަރިހުގައި ހާޒިރުވެތިއްބެވިކަމަށެވެ.
މަޖިލީހުގެ ބަޔާނުގައި ބުނީ އެއްވެސް އިރެއްގައ،ި އެ މައްސަލައިގެ ބަހުސްގައި އޭޖީ ދިފާއުވުމަށް ބޭނުންފުޅު ވަނީ ވަކީލުން މެދުވެރިކުރައްވައިގެންކަން އަންގަވާފައިނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު