އައްޑޫގައި ޝަންގްރިއްލާ ރިސޯޓް ހިންގާ ކުންފުނީގައިި އޮތް ސަރުކާރުގެ ޙިއްޞާ ބަދަލުކުރުމުގެ ލިޔުންތައް އެ ރިސޯޓް ހިންގާ ކުންފުންޏާއި ހަވާލުކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ޝަންރިއްލާ ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓުން ހިންގާ ކުންފުންޏެކެވެ.
ކޯވިޑާއެކު ލިބުނު ގެއްލުމުގެ ސަބަބުން މި ރިސޯޓް ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓްމަހުން ފެށިގެން ބަންދުކޮށްފައެވެ. އަދި އޭގެފަހުން ރިސޯޓް ނުހުޅުވި އޮތީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ރިސޯޓް ބަންދުކުރުމާއި ގުޅިގެން އެތަނުގައި ވަޒީފާ އަދަކުރަމުންދިޔަ 500 އެއްހާ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.
ރައީސް ސާލިހުގެ ސަރުކާުރުން އަންނަނީ މި ވޭތުވެދިޔަ ދުވަސްތަކުގައި އެ ރިސޯޓް އަލުން ހުޅުވުމަށް ބޭރުގެ ކުންފުންޏާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޝަންގްރިއްލާ ހިންގާ ކުންފުނިން ބޭނުންވީ އެ ރިސޯޓް ހިންގާ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ އެ ކުންފުންޏަށް ދިނުމަށެވެ. މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ސަރުކާރުން ނިންމީ އެ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލުމަށެވެ. އަދި ރިސޯޓު ވީހާވެސް އަވަހަށް އޮޕަރޭޝަނަށް ގެނައުމަށެވެ.
އައްޑޫ ސިޓީއަށް އެންމެފަހުން ރައީސް ސާލިހު ކުރެއްވި ދަތުުރުފުޅުގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ޝަންގްރިއްލާ ހިންގުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ސަރުކާރުން ކުރާނެކަމަށެވެ. އަދި އެތަނުގެ ހިއްސާ ވިއްކާލުމާއި ގުޅޭ ލިޔުންތައް މިހާރު ހަވާލުކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ވަރަށް އަވަހަށް ޝަންގްރިއްލާ ހުޅުވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތައިލުމަށް އަޅުގަނޑު މިހުރީ ތައްޔާރަށް. އެފަރާތާއެކު އޮތް ޒަމާންވީ ސަރުކާރުގެ ޙިއްޞާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ވުމަކަށް އަޅުގަނޑު ނުހަދާނަން. ނިމިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ޙިއްޞާ ބަދަލުކުރުމުގެ ލިޔުންތައް ސަރުކާރުން އެފަރާތާ ޙިއްޞާކޮށްފިން. އެކަން ނިމުމާއެކު، ބޭނުންވާ ބަދަލުގެނެވި، ޝަންގްރިއްލާ ހުޅުވި، ހިނގަން ފަށާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެސް.ޑީ.އެފް.ސީ.ގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލް އައްޑޫއަށް އަންނާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް، އެ ތަންތަން ދިގު މުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅައި ނިންމައިދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫގައި ކުރިއަށްދާ ފަތުރުވެރިކަމުގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ހަންކެޑޭގެ އިތުރަށް، ފަތުރުވެރިކަމަށް މުޅިން އަލަށް އިތުރުކުރެވޭ އިތުރު ފަސް ރަށް، ދާދި އަވަހަށް ފެނިވަޑައިގަންނަވާނެކަމަށެވެ. އަދި މީގެ ފަސް އަހަރު ކުރިން، އައްޑޫ ސިޓީން އެދުނު ކަންކަން މިހާރު އެދަނީ ހިނގަމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުމްލަ 7000 ޓޫރިސްޓް އެނދުގެ އަމާޒު އައްޑޫގައި ހާސިލުކުރުމަށް މިހާރު ހުރަހެއް ނޯންނާނެކަމަށެވެ. ޝަންގްރިއްލާ އަދި ހަންކެޑެގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިންތައް އޮޕަރޭޝަނަށް ގެނައުމަށް މިހާރު ދައްޗެއް ނޯންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު