4 ރަށެއްގައި އަލަށް އިމާރާތްކުރި ފެނަކައިގެ އައު އޮފީސް އިމާރާތްތައް ހުޅުވައިފިއެވެ.
ފެނަކައިގެ އޮފީސް އިމާރާތް ހުޅުވާފައިވަނީ ށ. ކޮމަންޑޫ، ބ. ފުޅަދޫ، ހއ. އުތީމު އަދި ހއ. އިހަވަންދޫގައެވެ.
ށ. ކޮމަންޑޫގައި އަލަށް އިމާރަތް ކުރި އިންޖީނުގެއާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ވަނީ މިއަދުއެެވެ.
ބ. ފުޅަދޫގައި އަލަށް އިމާރަތް ކުރި އިންޖީނުގެއާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ފަށާފައި ވަނީ އިއްޔެއެވެ. ޖޫން 2ގައި ހއ. އުތީމު އަދި ޖޫން 1ގައި ހއ. އިހަވަންދޫގައި އަލަށް އިމާރަތް ކުރި އޮފީސް އިމާރާތުގެ މަސައްކަތް ނިމި އެއޮފީހުން ހިދުމަތް ދޭން ފަށާފައިވާކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރީ ބާ އިންޖީނުގެތަކުގެ ބަދަލުގައި މުޅިން އައު، ޒަމާނީ އިންޖީނުގެތައް ތަރައްޤީކުރަމުންނެވެ.
އިންޖީނުގެތައް ތަރައްޤީކުރުމުގެ އިތުރުން ފެނަކައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އޮފީސް އިމާރާތްތައްވެސް އެކި ރަށްރަށުގައި ދަނީ ހުޅުވަމުންނެވެ.
މި މަސައްކަތްތަކުގެ އިތުރުން ފެނަކައިގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީންކުރުމުގެ މަސައްކަތްތައްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ށ. ކޮމަންޑޫގައި އަލަށް އިމާރަތް ކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި، ހިދުމަތް ދޭން ވަނީ ފެށިފައި. pic.twitter.com/1iiiHY9dde
— Fenaka Corporation Ltd (@TeamFenaka) June 5, 2023
ފެނަކައިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރީ ބާ އިންޖީނުގެތަކުގެ ބަދަލުގައި މުޅިން އައު، ޒަމާނީ އިންޖީނުގެތައް ތަރައްޤީކުރަމުންނެވެ.
އިންޖީނުގެތައް ތަރައްޤީކުރުމުގެ އިތުރުން ފެނަކައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އޮފީސް އިމާރާތްތައްވެސް އެކި ރަށްރަށުގައި ދަނީ ހުޅުވަމުންނެވެ.
މި މަސައްކަތްތަކުގެ އިތުރުން ފެނަކައިގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީންކުރުމުގެ މަސައްކަތްތައްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު