ރައްޔިތުން ގުނބޯ ނުހެއްދޭނެ ކަމަށާއި ނަފުރަތު ދޮނލަގަށް ލައިގެން ނިކުތަސް މިހާރަކު ނުވިކޭނެ ކަމަކަށް ފޮރިން މިިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެެވެ.

ފޮރިން މިިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދައި ފިތުނަ ފަސާދަ އުފެއްދުމަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ވިއްކާނެ އެއްޗެއް ނެތިގެން ދޮލަނގަށް ނަފްރަތުލައިގެން ނިކުތަސް، ރައްޔިތުން އެ ދޮލަނގުން އެއްޗެއް ނުގަންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމަސައްކަތްތަކީ ހަލާކާއި ހަމަނުޖެހުން އުފެދުމަށް އިދިކޮޅުން ކުުރާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިހިރީ ދިމާލަށް ފެންނަން ހުރި ކަންތައްތައް، ދިވެހި ރައްޔިތުންނެއް ގުނބޯލެއް ނުހެދޭނެ، ރައްޔިތުން މާ ބޮޑަށް ލޯހުޅުވި ހޭލެވިފައި، ހެދިހާ ދޮގެެއް ސާފުކޮށް ފެންނަން ވިއްކާނެ އެއްޗެއް ނެތިގެން ބޮލަށް ދޮލަނގު ލައިގެން ދޮލަނގަށް ނަފުރަތު ލައިގެން ވިއްކަން ނުކުމެ އެތިބީ، ދިވެހި ރައްޔިތުން ދެނެއް އެ ދޮލަނގުން އެއްޗެއް ނުގަންނާނެ،" ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު