ރާއްޖެއަށް ކޮވިޑުގެ ބަލިމަޑުކަމާއި ކުރިމަތިނުވިނަމަ ހުރިހާ ދާއިރާގެ މުސާރަ މިހާރު ހުންނާނީ ބޮޑުކޮށްފައި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އައްޑޫ ރައްޔިތުންނާއި ބައްދަލު ކުރަށްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ރާއްޖޭގެ ހުރިހާ ދާއިރާ ތަކެއްގެ މުސާރައަށް ހެއު ބަދަލެއް ގެނެސްދެއްވާނެ ކަމަށެެވެ. އެގޮތުން ޕޭހަމަނައިޒޭޝަން ތެރޭގައި ދެން މުސާރައަށް ބަދަލު ނައިސް އޮތް ހުރިހާ ދާއިރާއަކަށް އެ ބަދަލު ގެނެސް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުލަތުން އިނާޔަތް ދޭ ގިނަ ބަޔަކު އެބަތިބި ކަމަށާއި، އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުުން ދުވަސްވީ މީހުން ހިމެނޭއިރު އެ އެލަވަންސް ތަކަށްވެސް ހެއު ބަދަލެއް ގެންނަވާނެ ކަމަށެވެ.
އެގޮތުން ޑިސެބިލިޓީ އެލަވަންސާ ބެހޭގޮތުން ކުރަންވީ ކަންކަން ނިންމައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އިސްރަށްވެހިންްގެ އެލަވަންސަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދުރު ނޫން މުސްތަގުބަލެއްގައި އެއަށްވެސް ބަދަލު ގެނެސް އެކަން އިއުލާން ކުރަށްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"ކޮވިޑު އަޅުގަނޑުމެންނާއި ކުރިމަތިނުވިނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ސަރުކާރުގެ ދައުލަތުގެ ހުރިހާ އެންމެންގެ މުސާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި. އެހެން ނަމަވެސް މި ކުރިއަށްދާ ޕޭ ހާމަނައިޒޭޝަންގެ ތެރޭގައި މުސާރައަށް ބަދަލު ނައިސް އޮތް ހުރިހާ ދާއިރާ އަކަށް ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން އެ ބަދަލުވެސް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ރިޔާސީ އިންތިޚާބާ ދޭތެރޭގައި ރައްޔިތުން ވިސްނާއިރު އެ ކަންތައްތަކާމެދު ވިސްނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ސަރުކާރުން މި ގެންނަ ހެއު ބަދަލު ގެނެވޭނީ ރައްޔިތުންގެ ތާއީދު އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި އައްޑޫގެ ރައްޔިތުން އެމަނިކުފާނަށް ކުރި ތާއިދު ގެއްލުވާނުލައްވާނެ ކަމުގެ ޔަގީން ކަން ވެސް ވަނީ އަރުވާފައެވެ.

This evening, President @ibusolih joined Addu City residents for dinner, engaging in meaningful discussions to address their concerns and aspirations. He emphasised the importance of public input in addressing community issues, showcasing his commitment to responsive governance. pic.twitter.com/8zJynDayOa
— The President's Office (@presidencymv) June 4, 2023
އެގޮތުން ޑިސެބިލިޓީ އެލަވަންސާ ބެހޭގޮތުން ކުރަންވީ ކަންކަން ނިންމައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އިސްރަށްވެހިންްގެ އެލަވަންސަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދުރު ނޫން މުސްތަގުބަލެއްގައި އެއަށްވެސް ބަދަލު ގެނެސް އެކަން އިއުލާން ކުރަށްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"ކޮވިޑު އަޅުގަނޑުމެންނާއި ކުރިމަތިނުވިނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ސަރުކާރުގެ ދައުލަތުގެ ހުރިހާ އެންމެންގެ މުސާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި. އެހެން ނަމަވެސް މި ކުރިއަށްދާ ޕޭ ހާމަނައިޒޭޝަންގެ ތެރޭގައި މުސާރައަށް ބަދަލު ނައިސް އޮތް ހުރިހާ ދާއިރާ އަކަށް ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން އެ ބަދަލުވެސް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.
— The President's Office (@presidencymv) June 4, 2023
މީގެ އިތުރުން ރައީސް ވަނީ ރިޔާސީ އިންތިޚާބާ ދޭތެރޭގައި ރައްޔިތުން ވިސްނާއިރު އެ ކަންތައްތަކާމެދު ވިސްނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ސަރުކާރުން މި ގެންނަ ހެއު ބަދަލު ގެނެވޭނީ ރައްޔިތުންގެ ތާއީދު އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި އައްޑޫގެ ރައްޔިތުން އެމަނިކުފާނަށް ކުރި ތާއިދު ގެއްލުވާނުލައްވާނެ ކަމުގެ ޔަގީން ކަން ވެސް ވަނީ އަރުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު