އައްޑޫ ސިޓީ ތަރައްގީ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދޭންޖެހޭ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އައްޑޫގެ ތަރައްގީއަށް އެންމެން އެކަތިގަނޑަކަށްވެ ރައީސް ސާލިޙަށް އިތުރު ދައުރެއް ދޭންޖެހޭ ކަމަށެވެ. ރައީސް ސޯލިހަކީ ނަމަކަށް ކަމެއް ކޮށްލުމުގެ ބަދަލުގައި ތަރައްގީގެ މަސައްކަތްތައް ކުރަން އިސްކަން ދެއްވާ ބޭފުޅެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. ތަރައްގީގެ މަޝްރޫއުތަކާއި މަސައްކަތްތައް ފެނިގެންދަނީ އެހެންވެގެން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު އިއްޔެ ވަނީ އިފްތިތާހްކޮށްފައެވެ. އޭގެ އިތުރުން މިއަދު ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފަށާފައިވާއިރު އެމަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސް ކުންފުންޏާ އެވެ.



ކިޔުންތެރިންގެ ހިޔާލު