ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ތަރައްްޤީ ޔަގީންކޮށްދީފިކަމަށާއި، އެ ސިޓީގެ އަޣުލަބިއްޔަތު އޮތީ އެމަނިކުފާނާއެކުކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫ ބިން ހިއްކުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް ސާލިހަކީ އައްޑޫ ރައްޔިތުން ދެކެމުންދިޔަ ތަރައްޤީގެ ހުވަފެން ހަގީޤަތަކަށް ހައްދަވައިދެއްވި ލީޑަރުކަމަށެވެ.
ޝަރީފް ވިދާޅުވީ ކުރީ ސަރުކާރުތަކުން އައްޑޫ ތަރައްޤީކުރާނެކަމަށް ވިދާޅުވެ ވައުދުވެވަޑައިގަތަސް އެމަސައްކަތް ކޮށްފައިނުވާކަމަށެވެ. ނަމަވެސް އައްޑޫގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއެކު މި ސަރުކާރުން އައްޑޫ ތަރައްޤީކުރާނެކަން އައްޑޫ ސިޓީގެ ރައްޔިތުން ޔަގީންކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.
"މިއަދަކީ އައްޑޫއަށް އުފާވެރި ދުވަހެއް. ރާއްޖޭގެ ތާރީހުގައިވެސް އައްޑޫ ސިޓީއަށް ރާއްޖޭގެ ރައީސަކު ވަޑައިގަތުމުން ނުދަންނަވާފަދަ ހޫނު މަރުހަބާއެއް މިއަދު ރައީސް ޞާލިޙު އައްޑޫއަށް ވަޑައިގަތުމުން އައްޑޫ ރައްޔިތުން ވަނީ އެމަނިކުފާނަށް ދަންނަވާފައި. އައްޑޫ ރައްޔިތުން މިދިޔަ 50 ވަރަކަށް އަހަރު ދެކެމުންދިޔަ ތަރައްޤީގެ ހުވަފެން ހަގީޤަތަކަށް ހައްދަވައިދެއްވީ ރައީސް ސާލިހު." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އައްޑޫގެ ތަަރައްޤީއަކީ ރައީސް ސާލިހުގެ ތަސަައްވުރެއްކަމަށާއި އައްޑޫއަށް ތަރައްޤީ ގެނެސްދެއްވާނެކަން ބަހާއި އަމަލުން ދައްކުވައިދީފިކަމަށެވެ. އަދި އެ ސަބަބަށްޓަކައި މިއަދު އައްޑޫ ރައްޔިތުން ތިބީ ރައީސް ސާލިހުއާއެކު ކުރިއަށްދިއުމަށް ތައްޔާރަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީން 75 އިންސައްތައިގެ އަޣުލަބިއްޔަތެއް ރައީސް ސާލިހު ހޯއްދަވާނެކަމަށެވެ.
ޝަރީފް ވިދާޅުވީ އައްޑޫއަށް އަންނަމުންދާ ތަރައްޤީއާ ގުޅިގެން އިދިކޮޅު ޕާޓީތަކުގެ ބައެއް މެމްބަރުންވެސް މިހާރު އެމްޑީޕީއާ ގުޅެމުންދާކަމަށެވެ.

ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫއިން. އައްޑޫސިޓީ ތަރައްޤީނުވެ، ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. - ރައީސުލްޖުމްހޫރިއްޔާ pic.twitter.com/DaHUE6HzLU
— The President's Office (@presidencymv) June 3, 2023
ޝަރީފް ވިދާޅުވީ އައްޑޫގެ ތަަރައްޤީއަކީ ރައީސް ސާލިހުގެ ތަސަައްވުރެއްކަމަށާއި އައްޑޫއަށް ތަރައްޤީ ގެނެސްދެއްވާނެކަން ބަހާއި އަމަލުން ދައްކުވައިދީފިކަމަށެވެ. އަދި އެ ސަބަބަށްޓަކައި މިއަދު އައްޑޫ ރައްޔިތުން ތިބީ ރައީސް ސާލިހުއާއެކު ކުރިއަށްދިއުމަށް ތައްޔާރަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީން 75 އިންސައްތައިގެ އަޣުލަބިއްޔަތެއް ރައީސް ސާލިހު ހޯއްދަވާނެކަމަށެވެ.
ޝަރީފް ވިދާޅުވީ އައްޑޫއަށް އަންނަމުންދާ ތަރައްޤީއާ ގުޅިގެން އިދިކޮޅު ޕާޓީތަކުގެ ބައެއް މެމްބަރުންވެސް މިހާރު އެމްޑީޕީއާ ގުޅެމުންދާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު