ރާއްޖެ އެކުގައި ތަރައްޤީނުވެ، ދިވެހިން ބޭނުންވާ މަންޒިލް ނުހިފޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާމް މުޙައްމަދު ސޯލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ބިން ހިއްކުމުގެ ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ރާއްޖެ އެކުގައި ތަރައްޤީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ ކަމަށާއި، ހަމަހަމަ، އުފާވެރި، ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ވެސް ދިވެހިންނަކަށް ނުލިބޭނެ ކަމަށެވެ.
ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްޤީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ އައްޑޫ ސިޓީ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ ތުނޑުތައް، އެއްކަމާ ގުޅޭ އަނެއް ކަންތަކާ އެކުވެ ލާމެހެންޖެހޭ ކަމަށެވެ. އަދި އެއްސޯބު އަނެއްސޯބާ ހިމުންވެގެން ހިނގާންޖެހޭ އެތައް ކަމަކުން މެނުވީ ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ފެށުމާއެކު، އެންމެ އިސްކަންދިން މަޝްރޫޢަކީ، ސަރުކާރުން ހިންގަން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް ކަމަށެވެ. އެގޮތުން މިހާތަނަށް އައްޑޫ ސިޓީއަށް ނިސްބަތްވާ 1467 ޒުވާނުންނަށް ހިލޭ ޑިގްރީގެ ފުރުޞަތު ދެވިފައިވާ ކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ އޭގެތެރެއިން 928 ދަރިވަރުން ހިލޭ ޑިގްރީ ހާސިލުކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ 539 ދަރިވަރުން މިހާރުވެސް ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމަށްޓަކައި ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ފުރިހަމަވުން ލާޒިމް ކަމެއް ކަމަށެވެ. އަދި މުޅި ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއްގައިވެސް މިހާރު އިސްކަންދޭ އެއްކަމަކީ ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭގޮތަށް އެކަން ކުރުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"މިސާލެއް ދަންނަވާނަމަ، ސަރުކާރުން އެކަށައަޅައި މިހާރު ހިނގަމުންދާ އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢު އަޅުގަނޑު ފާހަގަކުރަން. ސަރުކާރުން އެކަށައެޅީ ޖުމްލަ 119 ކިލޯ މީޓަރުގެ މަގު އައްޑޫގައި، ޒަމާނީ ފެންވަރަށް ހެދުމަށް. ކުރިން ސިމެންތި އަޅަން ހަމަޖެހިފައިވާ 67 ކިލޯ މީޓަރުގެ މަގަށް، ރައްޔިތުން އެދުނުގޮތަށް މިހާރު އެވަނީ ތާރުއަޅަން ނިންމައި ހަމަޖެހިފައި." ރައީސް ސާލިޙު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ހެޔޮވެރިކަމުގެ ނިޒާމަށް އެދި އައްޑޫ ސިޓީގެ ރައްޔިތުން އިޚްތިޔާރުކުރީ ނުހަނު ބުރަ، އެހާމެ އުނދަގޫ އަދި ކިތަންމެ ވޭނެއް ތަޙައްމަލް ކުރަންޖެހުނު އަޑިގުޑަން މަގެއް ކަމަށެވެ. އެހެން ނަމަވެސް، އޭގެ އާޚިރު ނަތީޖާ ރައްޔިތުންގެ ކުރިމަތީގައި މި ހިނގާ މަޝްރޫޢުތަކަށް ބަލާއިރު ކިތަންމެހާވެސް ފޮނި ކަމަށް ރައީސް ވިދާޅުވިއެވެެ.
ރައީސް ވިދާޅުވީ ހުވަދޫން ފެށޭ ބޮޑުދެކުނުގެ އެ ސަރަޙައްދަކީ، ސާޅީސްހާސް މީހުންގެ އާބާދީއަކުން ދިރުން ލިބޭ ސަރަޙައްދެއް ކަމަށެވެ. އައްޑޫ ސިޓީގެ ބައިނަލްއަޤްވާމީ ކަނޑުބަނދަރު ނިމިގެންދާއިރު، މި ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މާލެއަށް ލުއިވާނީ އުތުރާއި ދެކުނުގެ ކަނޑާއި ވައިގެ ބަނދަރުތަކުގައި މުދަލާއި ފަސިންޖަރުންގެ ކާރޫބާރޫ ހިނގަން ފަށައިގެން. ސަރުކާރުން މި ހިންގަނީ މި ދެންނެވި ބޮޑެތި މަޝްރޫޢުތައް. ކުޑަޔަސް، ބޮޑަސް އަދި ވަކިން އޮތް ގާމަތީ ރަށަކަސް، ދިރިއުޅެނީ ހަމަ ދިވެހި ރައްޔިތުން." ރައީސް ވިދާޅުވިއެވެ.

Today, President @ibusolih attended the inauguration of the land reclamation project in Addu City. Estimated to cost MVR 1.6 billion, the project encompasses the reclamation of 228 hectares of land and a coral and seagrass relocation initiative as mitigation and conservation. pic.twitter.com/GPLoYeperK
— The President's Office (@presidencymv) June 3, 2023
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ފެށުމާއެކު، އެންމެ އިސްކަންދިން މަޝްރޫޢަކީ، ސަރުކާރުން ހިންގަން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް ކަމަށެވެ. އެގޮތުން މިހާތަނަށް އައްޑޫ ސިޓީއަށް ނިސްބަތްވާ 1467 ޒުވާނުންނަށް ހިލޭ ޑިގްރީގެ ފުރުޞަތު ދެވިފައިވާ ކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ އޭގެތެރެއިން 928 ދަރިވަރުން ހިލޭ ޑިގްރީ ހާސިލުކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ 539 ދަރިވަރުން މިހާރުވެސް ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމަށްޓަކައި ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތެއް ފުރިހަމަވުން ލާޒިމް ކަމެއް ކަމަށެވެ. އަދި މުޅި ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއްގައިވެސް މިހާރު އިސްކަންދޭ އެއްކަމަކީ ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭގޮތަށް އެކަން ކުރުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"މިސާލެއް ދަންނަވާނަމަ، ސަރުކާރުން އެކަށައަޅައި މިހާރު ހިނގަމުންދާ އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢު އަޅުގަނޑު ފާހަގަކުރަން. ސަރުކާރުން އެކަށައެޅީ ޖުމްލަ 119 ކިލޯ މީޓަރުގެ މަގު އައްޑޫގައި، ޒަމާނީ ފެންވަރަށް ހެދުމަށް. ކުރިން ސިމެންތި އަޅަން ހަމަޖެހިފައިވާ 67 ކިލޯ މީޓަރުގެ މަގަށް، ރައްޔިތުން އެދުނުގޮތަށް މިހާރު އެވަނީ ތާރުއަޅަން ނިންމައި ހަމަޖެހިފައި." ރައީސް ސާލިޙު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ހެޔޮވެރިކަމުގެ ނިޒާމަށް އެދި އައްޑޫ ސިޓީގެ ރައްޔިތުން އިޚްތިޔާރުކުރީ ނުހަނު ބުރަ، އެހާމެ އުނދަގޫ އަދި ކިތަންމެ ވޭނެއް ތަޙައްމަލް ކުރަންޖެހުނު އަޑިގުޑަން މަގެއް ކަމަށެވެ. އެހެން ނަމަވެސް، އޭގެ އާޚިރު ނަތީޖާ ރައްޔިތުންގެ ކުރިމަތީގައި މި ހިނގާ މަޝްރޫޢުތަކަށް ބަލާއިރު ކިތަންމެހާވެސް ފޮނި ކަމަށް ރައީސް ވިދާޅުވިއެވެެ.
ރައީސް ވިދާޅުވީ ހުވަދޫން ފެށޭ ބޮޑުދެކުނުގެ އެ ސަރަޙައްދަކީ، ސާޅީސްހާސް މީހުންގެ އާބާދީއަކުން ދިރުން ލިބޭ ސަރަޙައްދެއް ކަމަށެވެ. އައްޑޫ ސިޓީގެ ބައިނަލްއަޤްވާމީ ކަނޑުބަނދަރު ނިމިގެންދާއިރު، މި ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މާލެއަށް ލުއިވާނީ އުތުރާއި ދެކުނުގެ ކަނޑާއި ވައިގެ ބަނދަރުތަކުގައި މުދަލާއި ފަސިންޖަރުންގެ ކާރޫބާރޫ ހިނގަން ފަށައިގެން. ސަރުކާރުން މި ހިންގަނީ މި ދެންނެވި ބޮޑެތި މަޝްރޫޢުތައް. ކުޑަޔަސް، ބޮޑަސް އަދި ވަކިން އޮތް ގާމަތީ ރަށަކަސް، ދިރިއުޅެނީ ހަމަ ދިވެހި ރައްޔިތުން." ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު