މިހާރު ކުރިއަށްދާ ތަރައްޤީގެ ޕްރޮޖެކްޓްތަކާއެކު އައްޑޫއަށް 7000 ޓޫރިސްޓް އެނދު އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ އައްޑޫ ބިން ހިއްކުން ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ އައްޑޫއަށް ތަރައްޤީ ގެނެވެން އޮތީ އައްޑޫ ސިޓީގެ ބިން ބޮޑުކޮށްގެންކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ފެށި މަޝްރުޢޫއަކީ ބިން ހިއްކުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ޕްރޮޖެކްޓާއެކު 190 ހެކްޓަރުގެ ބިން އިތުރުވެގެންދާނެކަމަށެވެ. މީގެއިތުރުން ހުޅުމީދޫގައި 179 މިލިއަން ރުފިޔާ ހަރަދުކޮށްގެން 42 ހެކްޓަރު ބިން ހިއްކުމަށް މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބިން ބޮޑުކުރުމުގެ އިތުރުން ފަތުރުވެރިކަން ތަރައްޤީކުރުމަށްވެސް ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ހަންކެޑެގައި ކުރިއަށްގެންދާ ފަތުރުވެރިކަމުގެ މަޝްރުޢޫގެ ސަބަބުންވެސް އައްޑޫއަށް ފަތުރުވެރިކަމުގެ އެނދު އިތުރުވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އައްޑޫ ސިޓީގެ އެހެން ރަށްތަކަށް ޖުމްލަ 600 އެނދު އިތުރުވެގެންދާނެ. އެ މަޝްރޫޢުތައް ނިމޭއިރު ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޕަރޭޓް ވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
އައްޑޫގައި އޮތް ޝަންގްރިއްލާ ރިސޯޓަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެތަނުގައި އޮތް ސަރުކާރު ހިއްސާ ދޫކޮށްލުމާއި ގުޅޭ ލިޔުންތައް ސަރުކާރުން އެފަރާތާއި ހިއްސާކޮށްގެން، އެކަން ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އެތަންވެސް ހުޅުވި އައްޑޫގެ އިޤްތިޞާދަށް ފައިދާތަކެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ގެސްޓް ހައުސް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމާއި ގުޅޭ މަސައްކަތްތައް އެސްޑީއެފްސީން ކުރަމުންދާކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މިއަދުވެސް ވަނީ އައްޑޫ ތަރައްޤީނުވެ، ރާއްޖެ ތަރައްޤީނުވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

Today, President @ibusolih attended the inauguration of the land reclamation project in Addu City. Estimated to cost MVR 1.6 billion, the project encompasses the reclamation of 228 hectares of land and a coral and seagrass relocation initiative as mitigation and conservation. pic.twitter.com/GPLoYeperK
— The President's Office (@presidencymv) June 3, 2023
"އައްޑޫ ސިޓީގެ އެހެން ރަށްތަކަށް ޖުމްލަ 600 އެނދު އިތުރުވެގެންދާނެ. އެ މަޝްރޫޢުތައް ނިމޭއިރު ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޕަރޭޓް ވެގެންދާނެ." ރައީސް ވިދާޅުވިއެވެ.
އައްޑޫގައި އޮތް ޝަންގްރިއްލާ ރިސޯޓަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެތަނުގައި އޮތް ސަރުކާރު ހިއްސާ ދޫކޮށްލުމާއި ގުޅޭ ލިޔުންތައް ސަރުކާރުން އެފަރާތާއި ހިއްސާކޮށްގެން، އެކަން ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އެތަންވެސް ހުޅުވި އައްޑޫގެ އިޤްތިޞާދަށް ފައިދާތަކެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ގެސްޓް ހައުސް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމާއި ގުޅޭ މަސައްކަތްތައް އެސްޑީއެފްސީން ކުރަމުންދާކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މިއަދުވެސް ވަނީ އައްޑޫ ތަރައްޤީނުވެ، ރާއްޖެ ތަރައްޤީނުވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު