އައްޑޫ ސިޓީގައި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ، އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު މިއަދު އިފްތިތާހުކުރައްވައިފިއެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވީ އެމަނިކުފާނު މިއަދު އައްޑޫ ސިޓީޢަށް ފެއްޓެވި ދަތުރުފުޅުގެ ތެރެެއިންނެވެެ.
މަރަދޫގައި ބޭއްވި ޖަލްސާގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންނާއި އިންްޑިއާ ސަރުކާރުގެ ފަރާތުންވެސް އޮފިޝަލުން ބައިވެރިވިއެވެ.
އައްޑޫ ސިޓީން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކޮށް، ހިތަދޫއިން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން މަރަދޫ އަދި މަރަދޫފޭދޫ އިން 76 ހެކްޓަރ އަދި ޓުއަރިޒަމަށް ޚާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށް ހިއްކުމަށް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު 3.3 ހެކްޓަރުގެ އިތުރު ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު