ކަތިވަޅި ހިފައިގެން މާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ރޭ 23:25 ކަންހާއިރު މަޖީދީމަގު ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައި ވިޒިބިލިޓީ ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެެވެ. މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ފިލި މީހުންގެ ތެރެއިން ދެ މީހަކު އެތަނުން ފިލާފައިވަނީ އެމީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލުމަށްފަހުއެވެ. އެހެން ކަމުން އެ ދެ ސައިކަލު މިހާރު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެސަރަހައްދުން ފިލި މީހުން ދެނެގަނެ، އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެމައްސަލައާއި ގުޅިގެން ބަލަން ޖެހޭކަންކަން ބެލުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު