ބިލެއްދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދެކަނބަލުން މިއަދު ހުޅުވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން، ބިލެއްދޫ ސްކޫލްގެ މަލްޓިޕަރޕަސް އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ފ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ހޯލަކީ ޕީ.އެސް.އައި.ޕީގެ ދަށުން، 8,292,714.64ރ އަށް، އިނޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އަދި މި ހޯލަކީ މި ދައުރުގައި އިމާރަތްކޮށް ނިމުނު 15 ވަނަ މަލްޓިޕަރޕަސް ހޯލެވެ.

މި މަލްޓިޕަރޕަސް ހޯލް ބޭނުންކުރަން ފެށުމާއެކު ބިލެއްދޫ ދަރިވަރުންނަށް މަދަރުސާ ތެރޭގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ މާހައުލެއް ލިބިގެންދާނެއެވެ. އަދި މި މަލްޓި ޕާރޕަސް ހޯލްގައި ރަށުގެ އެކިއެކި ހަރަކާތްތައް ބޭއްވުމާއި

އަދި އެކިއެކި ޤައުމީ ފެންވަރުގެ ޖަލްސާތައް ރަށުގައި ބޭއްވުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

މިކަމުގެ ސަބަބުން މަދަރުސާއާ މުޖުތަމަޢާ އޮންނަ ގުޅުން ބަދަހިވެ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢުގެ ހިއްސާ ބޮޑުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ ކުރިން ބިލެއްދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯމެއް ނެތުމުގެ ސަބަބުން ސްކޫލަށް އައީ ގޮންޖެހުންތައް ދިމާވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު