ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.
ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 18.39 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ނ. ވެލިދޫއަކީ 2700 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށު ރައްޔިތުން ޢާއްމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ މަސައްކަތެވެ. އަދި މަސްވެރިކަމުގެ ދާއިރާގައިވެސް މަދުބަޔަކު މަސައްކަތްކުރެއެވެ.
ދޯނި އެހެލާ ވަކި ސަރަޙައްދެއް ނެތުމުގެ ދަތިކަން ވެލިދޫ ރައްޔިތުން ދަނީ ޒަމާނުއްސުރެ ތަޙައްމަލު ކުރަމުންނެވެ. އަދި މި ރަށަކީ ސަފާރީތައް ގިނަ އަދަދަކަށް އެހެލާ ރަށަކަށް ވާތ،ީ ރައްޔިތުން އުފުލަން ޖެހޭ ދަތިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
މިހެން މިކަން އޮއްވައ،ި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިހާރު މިވަނ،ީ މި ދަތިކަން ހައްލުކޮށްދެއްވައި ޒަމާނީ ދޯނި އެހެލާ ސަރަޙައްދެއް އެ ރަށުގައި ޤާއިމުކޮށްދެއްވާފައެވެ.
އެމްޓީސީސީން ބުނީ، ފުރިހަމަ ކުރެވުނު ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢާއެކު، ވެލިދޫ ރައްޔިތުންނަށް ދޯނި އެހެލުމަގައާއި ސަފާރީ އެހެލުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުނ،ް 1.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި ހިއްކި ސަރަޙައްދުގެ 138,247 އަކަ މީޓަރުގެ ބިންގަނޑު އެއްވަރުކުރުމާއ،ި 214 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 100 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު