ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަޖައްސަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް އައްޑޫ މަރަދޫ ދާއިރާޣެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި މިވަގުތު ކުރިއަށް ގެންދާ މެގަ ޕްރޮޖެކްޓްތަކުގެ ތެރެއިން ބިން ހިއްކަން ބޭނުންވާ ބޯޓު މިއަދު އައިކަން ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ހުވަފެން ރައީސް ޞާލިހް ހަގީގަތަކަށް ހައްދަވައިދެއްވާ މަންޒަރު ދަނީ ފެންނަމުން ކަމަށެވެ. އަދިވެސް ތަރައްގީއަށް ކުރަން ހުރި މަސައްކަތް ބައިވަރު ކަމަށާއި، އެކަން ވެސް ރައީސް ޞާލިހް ކޮށްދެއްވާނެކަން މިހާރު ގިނަ ރައްޔިތުންނަށް ގަބޫލުކުރެވޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކުރަން ހުރި މަސައްކަތުގެ ފުރަތަމަ މަރުހަލާ އަދި މި ފެށުނީ ކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ގިނަ ގުނަ ކަމަށާއި، އެ އުއްމީދުގެތަކުގައި ހަގީގީ ކުލައް ޖެއްސުމަށް އޭނާވެސް އެހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދެވަނަ ދައުރަކަށް ހޮވަން ނިކުމެވަޑައިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އައްޑޫސިޓީގެ ބިން ހިއްކުމަށް ބޭނުންކުރާ ވެން އޫޑްގެ ޖައްރާފު އައްޑޫގައި މިއަދު ވަނީ ބަނދަރުކޮށްފައެވެ. އައްޑޫ ސިޓީ ބިން ހިއްކުމުގެ ތައްޔާރީ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ހެނދުނު ފަށާފައިވާއިރު އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރަނީ ނެދަލޭންޑްސްގެ ވެންއޫޑް ކުންފުނިންނެވެ.
ވެން އޫޑުން އައްޑޫސިޓީ ބިންހިއްކުމަށް ބޭނުންކުރާ ޖައްރާފަކީ އެޗް.އޭ.އެމް 318 ހޮޕަރ އެވެ. އެ އުޅަނދު މިއަދު އައްޑޫގައި ބަނދަރުކޮށްފައިވާއިރު ޓްރެއިލް ޑްރެޖިންގ މަސައްކަތް މިއަދު ފަށާނެއެވެ. އަދި މި ހަފުތާ ނިމުމުގެ ކުރިން ރަސްމީކޮށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު