ފ. ބިލެއްދޫ ބަނދަރު ހެދުމުގެ މަޝްރޫއާއެކު އެރަށު ބިން ހިއްކުންވެސް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ބިލެއްދޫގައި ފެނަކައިން ތަރައްގީކުރި އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ބިން ބޮޑުކުރުމަކީ ރަށުގެ ރައްޔިތުން އެދޭކަމެއްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން އެކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސް ސާލިހު ވިދާޅުވިިއެވެ.
ރައީސް ސާލިހު ވިދާޅުވީ ބިލެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަޝްރޫއުގެ ޑިޒައިންގެ ތެރޭގައި ބިލެއްދޫ ބިން ހިއްކުންވެސް ހިމަނަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަނދަރުވެސް ހެދިގެން ދާނީ ރައްޔިތުންނަށް އެންމެ ފަސޭހަވާގޮތަށް ކަމަށެވެ.
ބިލެއްދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. އެމަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަސް ތެރޭގައި ނިންމަން 66.96 މިލިއަން ރުފިޔާއަށެވެ.
1400 މީހުންގެ އާބާދީއެއް އޮންނަ ފ. ބިލެއްދޫއަކީ ވަރަށް ފުޅާކޮށް ފާނައިގެ މަސްވެރިކަން ކުރަމުންދާ ރަށެކެވެ. އެގޮތުން ފާނައިގެ މަސްވެރިކަން ކުރާ 30 ވަރަކަށް އުޅަނދު މިހާރުވެސް ރަށުގައި އޮންނަކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. ހަމައެހެންމެ، ބިލެއްދޫއަކީ މުޅި ފ. އަތޮޅުގައިވެސް އޮޑިފަހަރު ބަނުމާއި އަދި ފައިބަރު މަސައްކަތުގައި އެންމެ ކުރިއަރާފައިވާ ރަށްކަމުގައި ކައުންސިލުން ފާހަގަކުރެއެވެ.
އެގޮތުން، މިހާރުވެސް އޮޑިފަހަރު ބަނުމާއި އަދި ފައިބަރު މަސައްކަތްކުރާ 4 ހަރުގެއެއް އެ ރަށުގައި އެބަހުރިކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

President @ibusolih officially inaugurated the new powerhouse and the administrative building developed on F. Bilehdhoo Island. The new powerhouse has been relocated from the school area to the harbour area, easing numerous difficulties faced by the community. pic.twitter.com/oSTp6Dr9wr
— The President's Office (@presidencymv) May 28, 2023
1400 މީހުންގެ އާބާދީއެއް އޮންނަ ފ. ބިލެއްދޫއަކީ ވަރަށް ފުޅާކޮށް ފާނައިގެ މަސްވެރިކަން ކުރަމުންދާ ރަށެކެވެ. އެގޮތުން ފާނައިގެ މަސްވެރިކަން ކުރާ 30 ވަރަކަށް އުޅަނދު މިހާރުވެސް ރަށުގައި އޮންނަކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. ހަމައެހެންމެ، ބިލެއްދޫއަކީ މުޅި ފ. އަތޮޅުގައިވެސް އޮޑިފަހަރު ބަނުމާއި އަދި ފައިބަރު މަސައްކަތުގައި އެންމެ ކުރިއަރާފައިވާ ރަށްކަމުގައި ކައުންސިލުން ފާހަގަކުރެއެވެ.
އެގޮތުން، މިހާރުވެސް އޮޑިފަހަރު ބަނުމާއި އަދި ފައިބަރު މަސައްކަތްކުރާ 4 ހަރުގެއެއް އެ ރަށުގައި އެބަހުރިކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލު