މާރާމާރީގައި އަނިޔާވި ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި
މާރާމާރީގައި އަނިޔާވި ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި
ހުޅުމާލެ ފޭސް 2 ގައި ހިނގި މާރާމާރީއެއްގައި ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި މާރާމާރީ އެއް ހިނގާފައިވާ ކަމަށް މިއަދު ހަވީރު 5:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މާރާމާރީގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮަސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން