ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި މިހާރު އޮތް އުސޫލަށް ބަަދަލުގެންނަންޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު މެންދުރުފަހު ދަރނބޫދޫ ކައުންސިލް އިދާރާގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ރަށްރަށުގެ ތަރައްޤީއާ ގުޅުންހުރިކަންކަން ކައުންސިލްތަކާއި މަޝްވަރާ ކުރައްވައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި ރަށުކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފާހަގަ ކުރައްވާފައެވެ، އޭގެ އިތުރުން ރައްޔިތުން ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކައުންސިލުން ދެންނެވިއެވެ. އެކަންކަމުގެ ތެރޭގައި ރަށުގެ ގިރާ ސަރަހައްދު ޙިމާޔަތް ކުރުމާއި، ރަށުގައި ރަނގަޅުފެންވަރުގެ ދަނޑެއް ޓްރެކަކާއި އެކު އެޅުމާއި، އިޖުތިމާޢީ މަރުކަޒެއް ޤާއިމްކުރުން ހިމެނެވެ. އަދި މިހާރު ސަރުކާރުން ދަރަނބޫދޫގައި ޔޫތުއެންޑް ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް ޢިޢުލާނު ކޮށްފައިވާަކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި އޮތް އުސޫލުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކާއި، ދަރަނބޫދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއްގެ މުހިއްމު ކަމާއި، ސިއްޙީމަރުކަޒުގައި ނަރުހުން މަސައްކަތްކުރުމަށް އެކަށީގެންވާ ޖާގަ ބޭނުންވުން ހިމެނެއެވެ.
މިބައްދަލުވުމުގައި، ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ، އެކޮމިޓީން މިދައުރުގެ ތެރޭގައި ހިންގާފައިވާ އެކި އެކި ހަރަކާތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް އޮތް ބަޖެޓުގެ ދަތިކަންވެސް ކޮމިޓީގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކައުންސިލްތަކަށް ގްރާންޓް ދިނުމުގައި މިހާރު އޮތް އުސޫލަށް ބަަދަލުގެންނަންޖެހިފައިވާކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ދެންވަޑައިގެންނަވާނީ، ފ. މަގޫދޫއަށެވެ.

ކިޔުންތެރިންގެ ހިޔާލު