މާލެ މީހުން ރާއްޖެތެރޭ މީހަކަށް ވޯޓް ނުދޭނެކަމަށް ރައްޔިތުންެގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބައެއް މެންބަރުންނަކީ މާލެއާއި ރާއްޖެތެރޭގެ ތަފާތު ގެންގުޅުއްވާ ބޭފުޅުންތަކެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކައަކާއި ގުޅިގެނެވެ.
ރޮޒެއިނާ ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ނަންފުޅު ހުށަހެޅުމުން ރައީސް ނަޝީދު އެކަމަށް ފާޑު ވިދާޅުވިކަމަށެވެ. އަދި ރައީސް ސާލިހަކީ ރާއްޖެތެރެއަށް ނިސްބަތްވާ ބޭފުޅަކަށްވާތީ މާލެ މީހުންގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާނެކަމަށް ނަޝީދު ވިދާޅުވިކަމަށްވެސް ރޮޒައިނާގެ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަން ރޮޒެއިނާ ސިފަކުރެއްވީ ނަސްލީ ތަފާތުކުރުން ގެންގުޅުއްވާ ނާތަހުޒީބީ ބައެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން ބޮޑުވެ، އެއް ބަޔަކު ޕާޓީން ވަކިވެގެންދިޔަނަމަވެސް އަދިވެސް ދެ ފަރާތުގެ މެދުގައި ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް ބަދަލު ކުރެވެމުންދެއެވެ.

This is very true. Raees Ibu ge nanfulhu 2018 ga membarun husha elheema ves Anni vidhaalhuvee Male’ meehun raajjetherey meehakah voteh nudheyneyo. Kon fadha racist, naathahuzeebu visnumeh! https://t.co/BGyzuCjOPa
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) May 26, 2023
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަން ރޮޒެއިނާ ސިފަކުރެއްވީ ނަސްލީ ތަފާތުކުރުން ގެންގުޅުއްވާ ނާތަހުޒީބީ ބައެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން ބޮޑުވެ، އެއް ބަޔަކު ޕާޓީން ވަކިވެގެންދިޔަނަމަވެސް އަދިވެސް ދެ ފަރާތުގެ މެދުގައި ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް ބަދަލު ކުރެވެމުންދެއެވެ.
ކިޔުންތެރިންގެ ހިޔާލު