ޗާގޯސް މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މޮރިޝަސްގެ ރައީސަށް ސިޓީފުޅެއް ފޮނުއްވުމަކީ ހިކުމަތްތެރި ފިޔަވަޅެއްކަމަށް ބެލެވިދާނެ ޖާގަ އޮތްކަމެއް ކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރމ ޝަހީދަކީ ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތަށް ތައުރީފް ކުރައްވައި، ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.

މޮރިޝަސް ރައީސަށް ފޮނުއްވިކަމަށް ބުނާ ސިޓީފުޅު އާއްމު ނުކުރައްވާކަމަށް ބުނެ އާއްމުންގެ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން ޑރ.ޝަހީދު ވިދާޅުވީ އެ ސިޓީ އާއްމޫ ނުކުރެއްވިޔަސް، އެ ސިޓީ މަޖިލީހަށް ހިއްސާކުރައްވަން ޖެހޭނެކަމަށެވެ. އަދި އެއީ ރައީސް ސާލިހު ފޮނުއްވިކަމަށް ބުނާ ސިޓީ މޮރިޝަސް ސަރުކާރުން އެހެން ފަރާތްތަކާއި ހިއްސާކޮށް، އަދި އިޓްލޮސްގެ ހުކުމުގައިވެސް އެ ސިޓީގެ ވާހަކަތައް އޮތުމުންކަމަށް ޝަހީދު ވިދާޅުވިއެވެ.



ޑރ. ޝަހީދު ވިދާޅުވީ ސިޔާސީ އޮއިވަރުގެ ތެރެއިން މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައަކަށްވާތީ އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ރާއްޖެއިން ބަލައިގަތުމަށް ނިންމުމަކީ ސިޔާސީ މޮޅު އުކުޅަކަށްވެސް ވެދާނެކަމަށެވެ.

ޝަހީދު ވިދާޅުވީ ރައީސް ފޮނުއްވި ސިޓީފުޅަކީ ގާނޫނީ ލަފާގެ މަތިން ފޮނުއްވި ސިޓީފުޅެއްކަމަށް ވާނަމަ އެއީ ރައިސް އެޅުއްވި ހިކުމަތްތެރި ފިޔަވަޅެއްކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށެވެ. އަދި ސިޓީފުޅު ސިއްރު ކުރަން ރައީސަށް ލަފާ ދެއްވާ ބޭފުޅުން އެ ކުރައްވާ ކަންކަމުގެ ސަބަބުން ރައީސް ސާލީހަށް އެއްވެސް ފައިދާއެއް ނުކުރައްވާނެކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ މިހާރު އޮތް ސުވާލަކީ އިޓްލޮސްއަށް ސިޓީފުޅެއް ފޮނުއްވީ ގާނޫނީ ބޭނުމެއް އޮވެގެން އެރުވި ލަފައެއްގެ ދަށުންތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް