ރިޔާސީ އިންތިޚާބުގައި ވާދަކުރާ މޯލްޑިވްސް ނެޝަނަލް ޕާޓީ،އެމްއެންޕީގެ ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާ މިރޭ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ގޮތުން ނާޒިމަށް ދިނީ ބޮޑުތަކުރުފާނުގެ އައްޑަނަކޮޅުގެ ރަމްޒެކެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި އެމްއެންޕީގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ވެސް ނާޒިމް އެކަންޏެވެ. އެހެންވެ، އިންތިހާބަކާ ނުލައި ނާޒިމަށް ވަނީ ޓިކެޓް ލިބިވަޑައިގެންފަ އެވެ.
މިރޭގެ ޖަލްސާގައި ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށައި، ޝިއާރު ވެސް ވަނީ ކަނޑައަޅާފައެވެ. ކެމްޕޭން ޝިއާރަކީ "އުޖާލާ ޒަމާން" އެވެ. އަދި ކެމްޕޭންގެ ރަސްމީ ލަވަ ވެސް ވަނީ ލޯންޗުކޮށްފައެވެ. ރިޔާސީ އިންތިޚާބަށް އެމްއެންޕީން ކުރިމަތިލަނީ ގިނަ ރިޔާސީ ވައުދުތަކަކާއެކުގައެވެ. ނަމަވެސް އެމްއެންޕީއަކީ ކިރިޔާ 10 ހާސް މެންބަރުން ހަމަވާ ޕާޓީއަކަށް ވާތީ އެޕާޓީއަށް އިންތިހާބުގައި މާބޮޑު ކާމިޔާބީއެއް ލިބިދާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއެންޕީން ނާޒިމް ވާދަކުރައްވާއިރު ޖުމްހޫރީ ޕާޓީން، ވާދަކުރަށްވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ވެރިކަން ކުރާ އެމްޑީޕީން ވާދަކުރަށްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. އިދިކޮޅު މައި ކޯލިޝަންގެ ޓިކެޓް އަރުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.
މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު