އަހުމަދު މަސްނޫމް   26 މޭ 2023 - 21:0
މާލޭގައި މަރުވާ މީހުން ވަޅުލާ އާސަހަރާ ބަންދުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އާސަހަރާ ބަންދުކުރީ މަރާމާތުކުރުމަށްކަމަށެވެ.

ކައުންސިލުން ބުނީ އާސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލުމުން މާލޭގައި މަރުވާ މީހުން ދެން ވަލުލާނީ ހުޅުމާލޭ ސަހަރާގައިކަމަށެވެ. އަދި ކަށުކަމާކެމީގެ ކަންކަން އާސަހަރާގައި ކުރިއަށް ގެންދަން ދަތިވާނެތީ މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަަށްވެސް ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އާސަހަރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކައުންސިލުން ނިންމާފައިވާކަމަށާއި މަރާމާތުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

ކައުންސިލުން ބުނީ އާސަހަރާގެ މަރާމާތުގެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް