ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ،އަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިން މީހުން އެވަގުތު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވަޅުގަނޑެއްގެ ތެރެއިން ހޯދާފައިވާ ކަމަށެވެ.
އެތަކެތި ފެނުނީ މަރުގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތަކުންނެެވެ.
ސީޕީ ހަމީދު ވިދާޅުވީ ތަހުގީގަށް މުހިންމު ހެކިތަކެއް، އަތިރިމަތީގައި ވަޅުލާފައި ހުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ހޯދުމުގެ މަސައްކަތުގައި އެ ތަކެތި ފެނުނީ ވަޅުލާފައި ހުއްޓާ ކަމަށެވެ. އެ އެއްޗެހި ވަޅުލި ތަނުގައި އަލިފާން ރޯކޮށް އަންދާލާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
ސީފީ ވިދާޅުވީ ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގައި، ނ. މަނަދޫގެ ގިނަ ބައެއްގެ ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނައީމާ މަރާލަަފަައި އޮއްވާ ފެނިފައިވަނީ އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާ ތަކަކާއެކު މަރުވެފައި އޮއްވައެވެ.

ކިޔުންތެރިންގެ ހިޔާލު