ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ރައްޔިތުންނަށް ވިއްކާނެ އެޖެންޑާއެއް ނެތިގެން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެެ.
ޝަރީފު މިހެން ވިދާޅުވީ ކަނޑުގެ ޤާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިއަށްދިޔަ ރާއްޖެއާއި ޗާގޮސްގެ އިންކަނޑައެޅުމުގެ މައްސަލަ ނިންމި ގޮތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަމާޒު ކުރާ ފާޑުކިޔުންތަކާއި ގުޅިގެންނެވެެ. އެމައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ސަރުކާރުން ދޫކޮށްލީ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ ތަކާއި ގުޅިގެން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ބުނެ ރޯ ބުހުތާނު ދޮގު ހަދައި ބަޔަކު ވާހަކަ ދައްކަނީ ރައްޔިތުންނަށް ވިއްކާނެ އެޖެންޑާއެއް ނެތިގެން ކަމަށެވެ.
އަދި ރާއްޖެއާއި އަވައްޓެރި ގައުމުތަކާއި މެދު އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކުރަމުންދަނީ އެކަމުގެ ސަބަބުން ވާ ގެއްލުމަކަށް ވިސްނާނުލާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ޗާގޮސް ހޯދުމަށް ދައުވާ ކުރުމުގެ ފުރުސަތު އޮތީ ކުރީގެ ސަރުކާރުތަކަށް ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފާފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ އިމުގެ މައްސަލާގައި އިޓްލޮސްއިން ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދު ބަހަންޖެހޭ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ކަނޑައެޅުމަށެވެ.
އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.

2018 aharu ICJ in rulingeh nere Chagos akee Mauritiusge siyaadhathee baaru oithanehkamah nimmaa e case close kurumuge kurin Chagosge milku verikan libeythoa Raajjeah dhauvaa kurevunees kommeves bahanaaeh dhakkaigen.Eyru evves sarukaarakun ekan nukohthibe mihaaru koacheh mikiyanee
— Ibrahim Shareef (@AdduShareef) May 26, 2023
އަދި ރާއްޖެއާއި އަވައްޓެރި ގައުމުތަކާއި މެދު އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކުރަމުންދަނީ އެކަމުގެ ސަބަބުން ވާ ގެއްލުމަކަށް ވިސްނާނުލާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ޗާގޮސް ހޯދުމަށް ދައުވާ ކުރުމުގެ ފުރުސަތު އޮތީ ކުރީގެ ސަރުކާރުތަކަށް ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފާފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ އިމުގެ މައްސަލާގައި އިޓްލޮސްއިން ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދު ބަހަންޖެހޭ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ކަނޑައެޅުމަށެވެ.
އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު