ރާއްޖޭގައި މުޅިން އަލަށް ބެހެއްޓި "މަގު ހުރަސް ބައްތި" ހުޅުމާލޭގައި މިއަދު ބޭނުންކުރަން ފަށައިފިއެވެ.

ހުޅުމާލެ މަގުތަކުގައި ބަހައްޓާފައިވާ "މަގުހުރަސް ބައްތި" އިފްތިތާޙްކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މައި އޮފީސް ކުރިމަތީ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކަކުންވެސް އެއްބާރުލުން ދެއްވަންޖެހޭކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބައޮތްކަމަށާއި، މިކަމުގައި ވިސްނުން ބަދަލުކޮށް ސަމާލުކަން އަދިވެސް އިތުރަށް ދާންޖެހޭކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.



އެޗް.ޑީ.ސީން މަގުހުރަސް ބައްދިތައް ހަރުކޮށް އަދި ބޭނުންކުރަން ފަށާފައިވަނީ ހުޅުމާލޭގެ 2 ސަރަހައްދެއްގައެވެ. އެއީ ހުޅުމާލޭ ހޮސްޕިޓަލް ހިމެނޭ ސަރަޙައްދާއި، ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދެވެ. މި ލައިޓްތައް އޮޕަރޭޓް ކުރަނީ ސޯލާ ހަކަތައިންނެވެ.

އެޗް.ޑީ.ސީއިން ބުނީ އެކޯރޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ޖުމްލަ 8 ލައިޓެއް ހަރުކުރުންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް