ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރަށްވާފައިވާ އުމަރު ނަސީރާއިި ޑރ. މުހައްމަދު މުނައްވަރަށް ލިބޭނީ ބާތިލު ވޯޓަށްވުރެ މަދު ވޯޓުކޮޅެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ސަމާސާއަކަށް ވާދަކުރައްވާ ބޭފުޅުން އެބަތިއްބެވިކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރުގެ ވާހަކައެވެ.

އެ ދެ ބޭފުޅުންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރަށްވާފައެވެ.

ޝަރީފް ވިދާޅުވީ އެ ދެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެކަމަށް ފެންނަނީ ބާތިލް ވޯޓަށްވުރެ މަދުންކަމަށެވެ.



މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އުމަރާއި މުނައްވަރުގެ އިއުލާންކުރައްވާފައިވާއިރު، އިންތިހާބުގައި ދެން ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ޕީޕީއެމް ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމިނެވެ.

މީގެތެރެއިން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭނީ އެމަނިކުފާނު މިހާރު ތަންފީޒު ކުރަށްވަމުން ގެންދަވާ ހުކުމް ބާތިލުކޮށް ޖިނާއީ ހުކުމެއް ނެތް ބޭފުޅެއް ކަމުގައި ނިމިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް