މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން އަންނަމަހުގެ 12 ވަނަ ދުވަހު ފުރަން ފަށާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
އަންނަމަހުގެ 12 ވަނަ ދުވަހު ހައްޖަށް ފުރުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ މީހުންނެވެ. އެދުވަހު އެކޯޕަރޭޝަންގެ ހަވާލުގައި 296 ދިވެހިން ހައްޖަށް ފުރާނެއެެވެ. އަދި 12 ވަނަ ދުވަހުން ފެށިގެން އެކި ދުވަސްމަތިން ހައްޖުވެރިން ފުރަމުންދާނޭކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެހެން ގްރޫޕްތަކަށް ބަލާއިރު ހަރަމައިން ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 87 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ސިސިލްފަރު ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 87 މީހުން ފުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. މަނާސިކް ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 85 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުއެވެ.
ޙައްޖުގެ އަޅުކަމަށްފަހު ޖުލައިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހައްޖުވެރިން އެނބުރި ރާއްޖެއަށް އަންނަން ފަށާނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރު ޙައްޖު ދުވަހަކީ އަންނަ މަހުގެ 27 ވަނަ ދުވަހެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެ ތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިންކުރެ ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. އަދި ދެންހުރި ފުރުސަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލު