މަކުނުދޫގައި ރޭ ހިނގި އަލިފާން ނިއްވާލުމުގައި މަކުނުދޫ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ފެނުނީ ފުރިހަމަ ނަމޫނާއެއްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހދ. މަކުނުދޫގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގީ އެރަށު އަލްފާ ގޭގައެވެ. އަލިފާން ރޯވެފައިވަނީ އެ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއްގައެވެ. މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އަލްފާ ގޭގައި ރޯވި އަލިފާން ނިއްވާލުމުގައި ކައުންސިލާއި ރައްޔިތުންގެ ފަރާތުން ފެނުނީ ފުރިހަމަ އަހުވަންތަކަމުގެ ނަމޫނާއެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހާދިސާގެ ސަަބަބުން ލިބުނު ގެއްލުން ކުޑަވީ ގުޅިގެން ކުރި މަސައްކަތުންކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 20:31 ހާއިރުއެެވެ. އަލިފާން ރޯވި ގުދަނާއި އިންވެގެން އަލްފާގޭގެ ބަދިގެ ހުންނައިރު، މީހުން ދިރިއުޅޭ ބައި ހުންނަނީ ވަކިންނެވެ.

Rey iraakolhu Hdh. Makunudhoo Alpha geygai hingaadhiya alifaanuge haadhisaa aa gulhey mauloomaathu erashu Council aa gulhaagen baraabarah hodhamun dhiyairu faahagavee council aa rayyithun gulhigen haadhisaa control kurumugai furihama akhvanthakamuge Namoomaa masahkatheh kuri kan.
— Imran Abdulla (@ShimranAb) May 26, 2023
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 20:31 ހާއިރުއެެވެ. އަލިފާން ރޯވި ގުދަނާއި އިންވެގެން އަލްފާގޭގެ ބަދިގެ ހުންނައިރު، މީހުން ދިރިއުޅޭ ބައި ހުންނަނީ ވަކިންނެވެ.
ކިޔުންތެރިންގެ ހިޔާލު