މަނަދޫގައި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައީމާ މޫސާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނައީމާގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. ދެ މީހަކު ހައްޔަރުކުރުމުގެ އިތުރުން މައްސަލައިގެ ތަހުގީގަށް މުހިއްމު ހެކިތަކެއް ހުރި ކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކުރީ ދެ ދިވެހިންނެވެ.



ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގައި، ނ. މަނަދޫގެ ގިނަ ބައެއްގެ ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނައީމާ މަރާލަަފަައި އޮއްވާ ފެނިފައިވަނީ އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާ ތަކަކާއެކު މަރުވެފައި އޮއްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް