ގަލޮޅުގައި ހުންނަ ސިނަމާލެ ފެލްޓްތައް ތަޅާލުމަށްފަހު އަލުން އިމާރާތްކުރަން ސިޓީ ކައުންސިލުން ނިންމައި، އެކަމާއި ގުޅޭ މަސައްކަތްތައް ފަށައިފިއެވެ.
ސިނަމާލެ ފްލެޓްތަކަކީ 1990ގެ އަހަރުތަކުގައި ބިނާކޮށްފައިވާ ފްލެޓްތަކެކެވެ.
ސިނަމާލެ ފްލެޓުތައް ތަޅާލައި، އަލުން އިމާރާތްކުރުމަކީ މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ މަސައްކަތެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 1500 އެޕާޓްމަންޓު ހަދަން ވަނީ ނިންމާފައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 700 އެޕާޓްމަންޓް ހިމެނޭ 5 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން 800 އެޕާޓްމަންޓުގެ 5 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓުތައް ތަރައްގީކުރާނެއެވެ. އަދި ގްރައުންޑް ފްލޯގައި ކޮމާޝަލް ޔުނިޓުތައް ހުންނައިރު ބޭސްމެންޓުގައި ޕާކިން ޒޯނެއްވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސިޓީ ކައުންސިލުން ވަނީ "ސިނަމާލެ ރީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓް"އަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށް މިހާރު ހުޅުވާލާފައެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓު ހިންގުމަށް ޝައުގުވެރިކަން ފާޅު ކުރާ ކުންފުންޏަކީ ދިވެހި ކުންފުންޏެއްނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 300،000 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ބޭރު ކުންފުންޏެއްނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހޭނީ 25،000 ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު