އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އާމިނަތު ޝިފާނާ އައްޔަން ކުރައްވައިފިއެވެ.
ޝިފާނާ މަގާމަށް އައްޔަން ކުރައްވައި ފަތްކޮޅު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދު ﷲ ޝާހިދެވެ.
އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝިފާނާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވައި ފޮރިން މިނިސްޓްރީގެ އެހެން މަގާމުތައް ވެސް ފުރުއްވާފައިވެ އެވެ.
ޝިފާނާ އަކީ އެޑްމިނިސްޓްރޭޝަން އަދި ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ތަފާތު ތަޖުރިބާތައް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޝިފާނާ އެންމެ ފުރަތަމަ މިނިސްޓްރީއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު އެވެ.
ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ އާ ކޮންސުލް ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމާއި ގުޅިގެން ޝިފާނާއަށް މަރުހަބާ ވިދާޅުވެ، އެކަމަނާއަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ކޮންސުލް ޖެނެރަލްގެ ދައުރު ފުރިހަމަކޮށް ރާއްޖެ އެނބުރި ވަޑައިގަތް އާމިނަތު އަބްދުالله ދީދީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އާމިނަތު އަބްދުالله ދީދީ އަކީ އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އައްޔަނު ކުރި ފުރަތަމަ އަންހެން ކޮންސުލް ޖެނެރަލް އެވެ. އެކަމަނާ މަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އަލްފާޟިލާ އާމިނަތު ޝިފާނާ ވަނީ އައްޔަން ކުރެވިފައި.
— Abdulla Shahid (@abdulla_shahid) May 26, 2023
ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އޮފިޝަލެއްގެ ހައިސިއްޔަތުން ޝިފާނާއަށް ލިބިފައިވާ ތަޖުރިބާއިން މި މަޤާމުގެ…
މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ކޮންސުލް ޖެނެރަލްގެ ދައުރު ފުރިހަމަކޮށް ރާއްޖެ އެނބުރި ވަޑައިގަތް އާމިނަތު އަބްދުالله ދީދީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އާމިނަތު އަބްދުالله ދީދީ އަކީ އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އައްޔަނު ކުރި ފުރަތަމަ އަންހެން ކޮންސުލް ޖެނެރަލް އެވެ. އެކަމަނާ މަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ކިޔުންތެރިންގެ ހިޔާލު