ޖޭޕީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ އިންތިޒާމްކުރި "ފުރަވީރުން" ހަރަކާތާއެކު ދިވެހި ސިޔާސީ މަސްރަހު ސިއްސުވާލައިފައިވާ ކަަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިޙް ވިދާޅުވީ ‏ޒުވާނުންނަށް އަމާޒުކޮށްގެން ރޭ ބޭއްވި "ފުރަވީރުން" ހަރަކާތް ވެގެންދިޔައީ އާއިލާތަކަށް އުފާވެރިކަން ގެނެސްދިން އިވެންޓަކަށް ކަމަށެވެ. އަދި މިހަރަކާތުގައި، ވަރަށް ކުރުމުއްދަތަކުން ޕާޓީއަށް ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ގެންނެވި، އައު 2023 މެމްބަރުންގެ މެމްބަރޝިޕް ފޯމް، އެ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމަށް ވަނީ އަރުވާފައެވެ.

"ޖުމްހޫރީޕާޓީގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް މެމްބަރުން އިންތިޙާބު ކުރެއްވި އަންހެން ޑެޕިއުޓީ ލީޑަރު ދިވެހި ސިޔާސީ މަސްރަހު ގުޑުވާލައިފި، އާންމުންނާއި ޕާޓީއާއި އެހެނިހެން ސިޔާސީ ފަރާތްތަކަށް ހައިރާންކަން ގެނުވައި ސިއްސުވާލައިފި." އަލީ ސޯލިހް ވިދާޅުވިއެވެ.



ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި މި ހަފުލާގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ހަފުލާ ކުރިއަށްދިޔައީ ލައިވް މިއުޒިކާއި، ހަވާއެރުވުމުގެ ކުލަގަދަ ހަރަކާތްތަކާއެކު އެވެ.

ޖުމުހޫރީ ޕާޓީން ބުނީ މިއީ ފަހުގެ ތާރީހެއްގައި މިހާ އަވަސް އަދި ކުރު މުއްދަތެއްގައި ބޭއްވިފައިވާ މިހާ ފުރިހަމަ ފުރަތަމަ ހަފްލާކަމަށެވެ. މި ހަރަކާތުގެ ސަބަބުން ޒުވާނުންނަށް އިތުރު އުފާވެރިކަން ގެނުވައި، އުންމީދެއް ލިބިގެން ގޮސްފައިވާކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް